މަލީހު " ސީއެންއެމް " އަށް ވިދާޅުވީ ފޯމުތައް ހުށައެޅުން މިވަގުތު މަޑު ޖައްސާލީ ރަށްރަށުން ފޯމްތައް ލިބުން ލަސްވި ނަމަވެސް ރަށްރަށުން އެދެމުންދާގޮތައް ހުރިހާ ރަށެއްގެ ބައިވެރިވުން ހިމަނަށް އެދޭތީ ކަމަށެވެ.
މީގެ ކުރިން ރަށްރަށުގެ ފޯމުތައް ސަބްމިޓު ކުރަން ހަމަޖެހިފައި ވަނީ އީސީގެ ޕޯޓަލް އަށް އޮނަލައިން ކޮށެވެ. އެހެން ނަމަވެސް އެކަން ކުރުމުގެ އިންތިޒާމު ހަމަ ނުޖެހޭ ކަމަށާއި މީގެ ސަބަބުން ފޯމުތައް މާލެގެންނަން ޖެހިފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ. މިހާތަނަށް ބައެއް ރަށްރަށުން ފޯމުތައް ލިބިފައިވާކަމަށާ އަދިވެސް ފޯމުތައް ރަށްރަށުން އަންނަމުން ދާ ކަމަށް މަލީހު ވިދާޅު ވި އެވެ. ފޯމު ހުށަހެޅުމަށް ލަސްވަމުންދާ މައިގަނޑު ސަބަބާބެހޭގޮތުން މަލީހު ވަނީ ވިދާޅުވެފަ އެވެ.
މަލީހު ވިދާލުވީ ފޯމު ހުށައެޅުމުގައި ސަމާލުކަން ދޭންވީ ކަންކަން އެބަހުރި ކަމަށާއި ހުރިހާ ރައްޔިތުން ވެސް މިކަމަށް ސަމާލުވުމަށް މަލީހު ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން މަލީހު ވިދާޅުވީ އަދިވެސް ގިނަ ރަށްރަށުން ދަނީ ފުރަތަމަ 3000 ފޯމުގެ ތެރޭ އެ ރަށްރަށުގެ ފޯމުތައް ހިމަނައިދިނުމަށް އެދެމުން ކަމަށެވެ. މަލީހު ވިދާޅުވީ ރަށްރަށުން ގެންނަން ޖެހޭ ފޯމުތައް ގެނެވުނު އެންމެ އަވަހަކަށް އީސީއަށް ފޯމުތައް ހުށަހަޅާނެ ކަމަށެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން އާ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ރައީސް ޔާމީން ފެއްޓެވީ އެމަނިކުފާނު ރައީސްކަން ކުރައްވަމުންގެންދެވި ޕީޕީއެމުގެ ލީޑަޝިޕުން ރައީސް ޔާމީނަށް އެއްބާރުލުން ދިނުން ހުއްޓާލިކަމަށް ވިދާޅުވެ އެވެ. ޕީޕީއެމުގެ ލީޑަޝިޕުން ރައީސް ޔާމީނަށް އެއްބާރުލުން ދިނުން ހުއްޓާލީ ރައީސް މުއިއްޒާއި ޔާމީނާ ދެ ބޭފުޅުންގެމެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވަނިކޮށެވެ.