ads
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
މިނިސްޓަރު ހައިދަރާއި މާރިޔާ ބޭރުގެ ޕާސްޕޯޓު ދޫކޮށްލިކަމުގެ ލިޔުން ހޯދައިފި
އެއްވެސް މިނިސްޓަރެއްގެ އަތުގައި ދިވެހި ޕާސްޕޯޓުގެ އިތުރުން އެހެން ޕާސްޕޯޓެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ކުރި މަސައްކަތުން ދެ ވަޒީރަކަށް އެހެން ގައުމަކުން ލިބިފައިވާ ޕާސްޕޯޓު ދޫކޮށްލިކަމުގެ ލިޔުން އެ ކޮމިޓީއަށް ލިބިއްޖެ އެވެ.
Advertisement

މައުލޫމާތު ލިބޭގޮތުން އެހެން ގައުމެއްގެ ޕާސްޕޯޓު އޮތީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އަތްޕުޅުގަ އެވެ. އެހެންނަމަވެސް އެ ދެ ބޭފުޅުން ވަނީ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ބޭރުގެ ޕާސްޕޯޓު ދޫކޮށްލައްވާފަ އެވެ.

މިނިސްޓަރުންގެ އަތުގައި ދިވެހި ޕާސްޕޯޓުގެ އިތުރުން އެހެން ޕާސްޕޯޓެއް އޮތްތޯ ބެލުމަށް ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފައި ވަނީ އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުގެ ހުށަހެޅުއްވުމަކަށެވެ.

ފަލާހު ވިދާޅުވެފައި ވަނީ އެގޮތަށް ހުށަހެޅުއްވީ މިނިސްޓަރުންގެ ގޮތުގައި ތިއްްބެވި ބައެއް ބޭފުޅުންނަކީ ދިގު މުއްދަތަކަށް މީގެކުރިން ރާއްޖޭން ބޭރުގައި އުޅުއްވާފައިވާ ބޭފުޅުންނަށް ވާތީ ކަމަށެވެ. އެގޮތުން އެ ބޭފުޅުން އިތުރު ޕާސްޕޯޓެއް ނުގެންގުޅުއްވާކަން ޔަގީންކުރައްވަން އެ ހުށަހެޅުން ހުށަހެޅުއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ހ) ގައި ވަޒީރުންގެ ހުރުން ލާޒިމުވާ ޝަރުތުތައް ކަނޑައަޅާފައިވާއިރު، އެ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރުގައި ބުނެފައި ވަނީ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ދެވަނަ ނަންބަރުގައި ބުނެފައި ވަނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި 22 މިނިސްޓަރުން ތިއްބަވަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް