ads
ޖޭއެސްސީއަށް އިންތިހާބުވި ބާ ކައުންސިލުގެ އެސްކޯ މެމްބަރު، އަލީ އަބްދުލް ލަތީފް
ހުސްވެފައިވާ ޖޭއެސްސީގެ މެމްބަރު ކަމަށް އަލީ އަބްދުލް ލަތީފް
ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަންކުރާ މެމްބަރަކަށް ބާ ކައުންސިލުގެ އެސްކޯ މެމްބަރު އަލީ އަބްދުލް ލަތީފް އިންތިހާބު ކޮށްފި އެވެ.

އަލީ އަބްދުލް ލަތީފް މި މަގާމަށް އިންތިހާބުވެފައިވަނީ، ޖޭއެސްސީގެ ހުސްވެފައިވާ ގާނޫނީ ވަކީލުން ތަމްސީލުކުރާ މެމްބަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް މިއަދު ބޭއްވި އިންތިހާބުގައި 275 ވޯޓު ލިބިވަޑައިގެން ނެވެ. އެ މަގާމަށް އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް 168 މެމްބަރަކު ވޯޓު ދިނެވެ. 

ބާ ކައުންސިލުން މިރޭ އާއްމުކޮށްފައިވާ ނަތީޖާ ޝީޓުން ދައްކާގޮތުގައި މި އިންތިހާބުގައި ވޯޓުލުމަށް 659 ވަކީލުން ރަޖިސްޓްރީވެފައި ވެއެވެ. ނަމަވެސް ވޯޓު ލާފައިވަނީ 443 ވަކީލުން ނެވެ. 

ޖޭއެސްސީގައި ވަކީލުން ތަމްސީލުކުރާ މެމްބަރުކަމުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަބްދުލް މާނިއު ހުސައިން އިސްތިއުފާ ދެއްވުމުން ނެވެ. އޭނާ މިހާރު ހުންނެވީ ހައި ކޯޓުގެ ފަނޑިޔާރުކަމުގަ އެވެ. 

މި މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އަލީ އަބްދުލް ލަތީފްގެ އިތުރުން ދެ ފަރާތަކުން ކުރިމަތިލިނަމަވެސް،  އެ ދެ މީހުންގެ ޝަރުތު ހަމަނުވާތީ، އިންތިހާބުގައި ވާދަކުރެއްވީ އަލީ އަބްދުލް ލަތީފް އެކަންޏެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް