ads
ފްލެޓްތައް-- ފޮޓޯ: ވީނިއުސް
ވެށިފަހި ޕްރޮގްރާމުގެ ދަށުން ގޯތި ނުލިބުނު މީހުން މައުލޫމާތު ހިއްސާކުރުމުގެ މުއްދަތު އިތުރުކޮށްފި
"ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މަހުގެ 24 އިން މިމަހުގެ 22 ގެ ނިޔަލަށް މައުލޫމާތު ހިއްސާކުރާށެވެ. ނަމަވެސް މިމަހުގެ 26 ގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ނިންމި ނިންމުމާއެކު ހައުސިން މިނިސްތްރީން މިވަނީ ސަރުކާރު ހުޅުވޭ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކައް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމުގެ މުއްދަތު އިތުރުކޮށްދީފަ އެވެ. 

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި 2010 ވަނަ އަހަރު ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށްނ ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާއިރު އެކަން ކުރުމަށްޓަކައި އެފަދަ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ބޭނުންވާ ކަމަށެވެ.  

ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ ފަރާތްތަކާއި މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރާ ފަރާތްތައް އެކަން ލިޔުމުން ހުށަހެޅޭނެ އެވެ. 

މިނިސްޓްރީން ބުނީ އެކަން ލިޔުމުން ހުށަހަޅާއިރު ހުޅުމާލެއިން ގޯތި ނުވަތަ ފްލެޓް ލިބޭނެ ކަމަށް ބުނެ ހަވާލުކުރި ލިޔުމާއި އެފަރާތެއްގެ އައިޑީކާޑުގެ ކޮޕީ އާއި ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް