އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 14.33ރ. އަށް ކަމަށާއި ޑީސަލް ލީޓަރެއް ވިއްކާނީ 14.62ރ. އަަސް ކަމަށެވެ.
ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 14،73ރ. އަށް އަށެވެ. ޑީސަލް ލީޓަރެއް ވިއްކީ 15.07ރ. އަށެވެ.
އެސްޓީއޯއިން ބުނީ މިރެެއިން ފެށިގެން ޑީސަލް ލީޓަރަކުން 0.45 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 0.40 ރުފިޔާ ހެޔޮކުރެވިއްޖެ ކަމަށެވެ.
އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ އަގަށް ބަލާފައި ކަމަށް އެކުންފުނިން ބުނެ އެވެ.