އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް 2027 ވަނަ އަހަރު ބޭއްވުމަށް ބިޑް ހުށަހަޅާފައިވާ ގައުމުތަކަކީ، ކޮމްބައިންޑް ކޮށް، ޖަރުމަން، ބެލްޖިއަމް، ހޮލެންޑް އަދި ބްރެޒިލްގެ އިތުރުން ކޮމްބައިންޑްކޮށް ބާއްވަން ބިޑް ހުށަހެޅި އެމެރިކާއާ މެކްސިކޯއެވެ.
މި މުބާރާތް ބާއްވަން ކުރިން ކަނޑައަޅާފައި އޮތީ ސައުތު އެފްރިކާއެވެ. އެހެންނަމަވެސް 2031 ވަނަ އަހަރަށް ފޯކަސް ކުރަން ކަމަށް ބުނެ ސައުތު އެފްރިކާއިންވަނީ ފުރުސަތު ދޫކޮށްލާފައެވެ.
2027 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑްކަޕ ބާއްވާނެ ގައުމެއް ކަނޑައަޅާނީ އަންނަ އަހަރުގެ މެއި މަހު ބެންކޮކްގައި އޮންނަ ފީފާގެ ކޮންގްރެސްގައެވެ.