ads
ފުރަހަނި ޝުއައިބް
މާލޭގެ މޭޔަރުކަމަށް އަދި ނަން ހުށައެޅީ ފުރަހަނި ޝުއައިބް، ބުދަދުވަހު ފުރުސަތު ހަމަވާނެ
މާލޭގެ މޭޔަރުކަމަށް ވާދަކުރުމަށް ޝުއައިބު އަލީ ( ފުރަހަނި ޝުއައިބް ) އިލެކްޝަންސް ކޮމިޝަނަށްް ނަން ހުށައަޅައިފިއެވެ.
Advertisement

 އަންނަމަހުގެ 13 ވަނަދުވަހު ބާއްވާ މޭޔަރުކަމުގެ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ނަން ހުށައަޅާފައިވަނީ ޝުއައިބު އެކަނިކަން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބުނެފައެވެ. އަމިއްލަ ގޮތުން މޭޔަރުކަމުގެ ރޭހަށް ނުކުންނަ ޝުއައިބްގެ ކެންޑިޑަސީ އީސީން ވަނީ ބަލައިވެސް ގަންފައެވެ. 

އެމްޑީޕީ އުފެއްދުމުގައި އިސްކޮށްް ހަރަކާތްތެރިވި މީހުންގެ ލިސްޓުގައި ހިމެނޭ ޝުއައިބް އެޕާޓީ ދޫކޮށް ފަހުން މަސައްކަތް ކުރީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް ( އެމްޑީއޭ ) ގައެވެ. މިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެކު ކޯލިޝަންގައި އޮތުމަށްފަހު ފުރަތަމަ ބުރުން އެމްޑީޕީ ބަލިވުމުން އެމްޑީއޭއިން ވަނީ ކޮޅު ބަދަލުކޮށް ޑރ މުއިއްޒު ފަޅިއަށް އަރާފައެވެ. އެހެންނަމަވެސްް ޝުައައިބް ތާއިދުކުރީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ. 

މޭޔަރުކަމަށްް ކުރިމަތިލުމަށް އީސީން ހުޅުވާލި ފުރުސަތު އަންނަ ބުދަ ދުވަހަށް ހަމަވާނެއެވެ. އިންތިހާބުގައި ވާދަކުރާނެކަން އެންމެ ބޮޑު ދެ ޕާޓީ އެމްޑީޕީ ޢާއި ޕީޕީއެމްގެ އިތުރުން ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް އިންވެސް ވަނީ އިއުލާންކޮށްފައެވެ. އަދި ރައީސް ޔާމީން ޕީޕީއެމުން ވަކިވެޑައިގެން އުފައްދަވަން މަސައްކަތް ކުރާ ޕީޕަލްސް ނެޝަަނަލް ޕްރަންޓް (ޕީއެންއެފް) އިންވެސް މޭޔަރުކަމަށް މީހަކު ނެރޭނެކަމަށް އެޕާޓީގެ އުފެއްދުމުގައި އިސްކޮށްް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. 

މޭޔަރުކަމަށް އެމްޑިޕީން ނެރެނީ މިދިޔަ ވެރިކަމުގައި އެމްޓިސީސީގެ ސީއީއޯކަން ކުރެއްވި އާދަމް އާޒިމްއެވެ. ޕީޕީއެމް / ޕީއެންސީގެ ފަރާތުން ނުކުންނަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރްއެވެ. ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކީ އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރުކަން ކުރަމުން އަންނަ މުހައްމަދު ސައިފް ފާތިހްއެވެ. ޕީޕަލްސް ނެޝަަނަލް ޕްރަންޓުން ނުކުންނާނެކަން އިއުލާންކޮށްްފައިވަނީ ރައީސް ޔާމީންގެ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު އެވެ.

your imageމޭޔަރު އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުން، ވާތުން ކަނާތަށް(އާޒިމާ، ސައިފް، ހުސެއިން ވަހީދު، އާޒިމް)

މޭޔަރުކަމުގެ ގޮނޑި ހުސްވެފައި މިވަނީ އެ މަޤާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ މަޤާމަށް ހޮވިވަޑައިގަތުމުންނެވެ. މީގެއިތުރުންވެސް ސިޓީ ކައުންސިލްގެ 3 މެމްބަރެއްގެ ގޮނޑި ވަނީ ހުސްވެފައެވެ. މި ތިން މެމްބަރުންނަކީވެސް ރައީސް ޑރ، މުއިއްޒުގެ ފަހަތުން ސަރުކާރުގެ އިސް މަޤާމުތަކަށް ދިޔަ މެމްބަރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް