ads
އަލީ އާދަމް
އަލީ އާދަމް ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ އެޖެންޑާއަށް
ވަރިވާން އެދި ކޯޓަށް ހުށަހެޅި މީހެއްގެ އަންބަކަށް ގުޅައި ކޯޓުން ބޭރުން މުއާމަލާތްތަކެއް ހިންގި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރަން ނިންމި، ހދ. ކުޅުދުއްފުށި ސިޓީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލާގައި ޖުޑިޝަރީ ކޮމިޓީން ނިންމި ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިއެވެ.
Advertisement

މި މައްސަލަ މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައިވަނީ ހިމަނާފައެވެ. އެހެންކަމުން މާދަމާ އެ މައްސަލަ ވޯޓަށް އަހައިފިނަމަ، އަލީ އާދަމްގެ މަގާމާ ގުޅޭ ގޮތުން މާދަމާ ގޮތެއް ނިމުން އެކަށީގެންވެއެވެ. 

މިހާރު މަގާމުން ޑީމޯޓްވެސް ކޮށްފައިވާ މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ އެތައް މެސެޖުތަކެއް ކޮށްފައިވާ ކަމަށް ތަހުގީގުގައި މެޖިސްޓްރޭޓު އަމިއްލައަށް އިއުތުރާފުވެފައިވާތީ އެވެ. މި މައްސަލަ ދިރާސާ ކުރުމުގެ މަރުހަލާގައި ޖުޑިޝަރީ ކޮމިޓީން ވަނީ މެޖިސްޓްރޭޓް އަލީ އާދަމަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފަ އެވެ.

މިއީ ޖޭއެސްސީން ފަނޑިޔާރަކު ވަކިކުރަން ފޮނުވުމުން، ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ފުރުސަތެއް ދިން ފުރަތަމަ ފަހަރެވެ.

އަންހެނަކަށް މެސެޖު ކުރި މައްސަލައަކާ ގުޅިގެން މިދިޔަ މެއި 23، ވަނަ ދުވަހުން ފެށިގެން އަލީ އާދަމް ހުންނެވީ ސަސްޕެންޝަނުގަ އެވެ. އެކަމަކު ސަސްޕެންޝަންގެ މުއްދަތު ހަމަވެ މިހާރު އޮފީހަށް ނުކުންނަވައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް