ads
އިރުތިޝާމް އާދަމް
ޔޫކޭ ސަފީރަކަށް އިރުތިޝާމް ކަނޑައަޅަނީ
އިގިރޭސި ވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރުމަށްޓަކައި، ކުރީގެ ވަޒީރު އިރުތިޝާމް އާދަމްގެ ނަން، ރައިސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

އިރުތިޝާމްއަކީ، މިދިޔަ ރިޔާސީ އިންތިހާބުގައި ފުރަތަމަ ގާސިމް އިބްރާހީމްއަށް ތާއީދު ކުރައްވައި ޖޭޕީގައި ހުންނެވި ބޭފުޅެކެވެ. އެކަމަކު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް އިބްރާހީމްއަށް ކުރިމަތިވެވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާއެކު، އެ ކަމަނާވަނީ ޑރ. މުއިއްޒުއާ ގުޅިވަޑައިގެންފައެވެ.

އިރުތިޝާމްގެ ނަންފުޅު، މަޖިލީހަށް ހުށަހެޅުމުން މަޖިލީހުންވަނީ އެކަން ދިރާސާކުރުމަށް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް މިއަދު ފޮނުއްވާފައެވެ.

ރައީސް ޔާމީންގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި އިރުތިޝާމްވަނީ ޔާމީންގެ ވެރިކަން ބަދަލުވުމުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު އޮތް މަޖިލީސް އިންތިހާބުން އެކަނާއަށް ވަނީ ނާކާމިޔާބު ވެފައެވެ. އެ ކަމަނާ ކުރިމަތިލެއްވީ، ހެންވޭރު ދެކުނު ދާއިރާއަށެވެ.

ޔޫކޭ ސަފީރު ކަމަށް ރައީސް ޑރ. މުއިއްޒު ނޮމިނޭޓް ކުރައްވާފައިވާ އިރުތިޝާމްއަކީ ކުރިންވެސް ހާރިޖީ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

50%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް