ads
އަހަރެމެންގެ ބިނާ ހަރުދަނާ ކުރެވޭނީ ލޯތްބާއި ކުލުނުން މުއާމަލާތުކޮށްގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ
އިމާމުވެ ހުކުރުކުރަން ބޭނުން ދަރިވަރުންނަށް، އަވަހަށް އެޕްލައިކުރޭ
އިމާމުވެ ހުކުރު ނަމާދުކުރަން ބޭނުންވާ ޒުވާނުންނަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހުލުޥާލައިފިއެވެ.

 ޒުވާން ހަތީބުން އުއްފެދުމުގެ މަގްސަދުގައި އެ ވުޒާރާއިން ކުރިޔަށް ގެންދާ މި ފުރުސަތު ހުޅުވާލާފައިވަނީ ގްރޭޑް 10 އިން ފެށިގެން މަތީގެ ދަރިވަރުންނާއި ސްކޫލްް ނިންމާފައިވާ ދަރިވަރުންނަށެވެ. އެ ވުޒާރާއިން ބުނީ  ރީތިކޮށް ޤުރުއާން ކިޔަވާ، ނަމާދުގެ ފިގުހުގެ ބައިތަކަށް އަހުލުވެރިވެފައިވާ ކޮންމެ ދަރިވަރަކަށް މި ފުރރުސަތު އެބައޮތް ކަމަށެވެ. 

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ އިމާވެ ނަމާދުކުރަން ބޭނުންވާ ދަރިވަރުންނަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީ މަގުގެ 29 ވަނަދުވަހާއި ހަމައަށް ހުޅުވާލެވިފައިވާކަމަށެވެ. އަދި މިކަމަށް އެދި ހުށައަޅާނީ https://t.co/pRR4OxKjkI އޮންލައިންކޮށް ކަމަށާއި މިކަމަށް އެދޭ ފޯމު ވުޒާރާގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. 

ފޯމާއި އެކު ހުށައަޅަންޖެހޭ ތަކެތި 

  • އައިޑީ ކާޑު ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ޤުރުއާން މުބާރާތަކުން ވަނަ ލިބިފައިވާނަމަ އެ ސެޓްފިކެޓްްތަކުގެ ކޮޕީ
  • ސްކޫލުގައި އުޅޭނަމަ ލިޔުން
  • 18 އަހަރު ނުވާނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން

މި ނިންމުމަށް ފަހު އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ފަހަރުގެ ރޯދަމަހު ރާއްޖޭގެ ގިނަ މިސްކިތްތަކުގައި އިމާމެވެ ނަމާދުކުރާނީ ނުހަނު ރީތިކޮށް ޤުރުއާން ކިޔަވާ ދިވެހި ހާފިޒުންކަމަށެވެ. 

މީގެކުރިން ދަރިވަރުން އިމާވެ ހުކުރު ކުރުމުގެ ހުއްދައެއް ނުދެއެވެ. މީ ދަރިވަރުންނަށްް އިމާވެ ހުކުރު ނަމާދު ކުރުމާއި ހުތުބާ ކިޔަން ރާއްޖޭގައި ހުއްދަ ދޭ ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް