ads
ދިވެހިރާއްޖެ އާއި ބޮޓްސްވާނާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ - ފޮޓޯ:ފޮރިން މިނިސްޓްރީ
ރާއްޖެ އާއި ބޮސްޓްވާނާއާ ސިޔާސީ ގުޅުން ގާއިމްކޮށްފި
ދިވެހިރާއްޖެ އާއި ބޮސްޓްވާނާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެގޮތުން ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ހާރިޖީ ވިޒާރާގެ ސެކެޓްރީ ބައިލެޓެރަލް ހާލާ ހަމީދެވެ. އަދި ބޮސްޓްވާނާގެ ފަރާތުން އެ ގައުމުގެ ހާރިޖީ ވަޒީރު ޑރ. ލެމޯހަންގް ކްވާޕޭ އެވެ.

ދުނިޔޭގެ ގައުމުތަކުގެ މެދުގައި އެއްގައުމު އަނެއް ގައުމާ ގުޅުންތައް ބަދަހިކޮށް، ހަރުދަނާ ކުރުމަކީ ދިވެހި ހާރިޖާ ސިޔާސަތުގެ މުހިންމު އަސާސެކެވެ. އެގޮތުން ހާރިޖީ ވުޒާރާއިން ވިދާޅުވީ ބޮސްޓްވާނާއާ ދިވެހިރާއްޖެއާ ސިޔާސީ ގުޅުންތައް ބަދަހިކުރުމުން ދެ ގައުމުގެ މަސްލަހަތު އޮންނަ ދާއިރާތަކުން އެއް ލަނޑުދަނޑިތެކެއް ހާސިލްކުރުމަށް މަގުފަހި ވެގެން ދާނެ ކަމަށެވެ.

ބޮސްޓްވާނާއަކީ ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކުރާ 186 ވަނަ ގައުމެވެ. އަދި ހަމައެހެންމެ އެގައުމަކީ އަބާދީގެ ނިސްބަތުން ގާތްގަނޑަކަށް 2.6 މިލިއަން މީހުން ދިރިއުޅޭ އާބާދީއަކަށް ވީއިރު، މި ގައުމަކީ ދެކުނު އެފްރިކާގެ ގައުމެކެވެ. 

 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް