ads
ތިމާވެއްޓާ ރައްޓެހި ކަރަންޓް އުފެއްދުމަށް ހިންގާ ޕްރޮޖެކްޓްގެ ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-
ތިމާވެއްޓާ ރައްޓެހި ކަރަންޓު އުފައްދަން 75.5 މިމިއަން ޑޮލަރުގެ މަޝްރޫއެއް
އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާ ގުޅިގެން 75.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

 މިއެއްބަސްވުމުގެ ދަށުން 20 ރަށެއްގައި އަވިން ހަކަތަ އުފެއްދުމުގެ ނިޒާމާއި، 1 ރަށުގައި ވައިން ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމްކުރާނެ އެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އޭ.ޑީ.ބީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ސިންޑީ މަލްވަޗީނީ އެވެ.

މިއެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވަނީ 'އެކްސަލަރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ' (އެޝުއާ) ޕްރޮޖެކްޓެވެ.

 މި ޕްރޮޖެކްޓުން ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ޕަވާޕާޗޭސިން އެގްރީމެންޓު އުސޫލުން 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރާނެއެވެ.

މިނިޒާމުތައް ޤާއިމުކުރެވޭ ރަށްރަށުގެ ގްރިޑް ސްޓެބިލިޓީ ހަރުދަނާކުރުމަށް 44 މެގަވޮޓްއަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމާއި މިރަށްރަށުގެ ކަރަންޓު ވިއުގައިގެ ހާލަތު ރަނގަޅުކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން 01 ރަށެއްގައި ވައިގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމާއި އިތުރު ރަށެއްގައި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޕައިލެޓްކުރުން ވެސް ހިމެނެއެވެ.

މިރަސްމިއްޔާތުގައި އޭ.ޑީ.ބީ ގެ އޮފިޝަލުންނާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އެއެމްބަސީގެ އޮފިޝަލުން ބައިވެރިވަޑައިގެނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް