ads
ހިސާން
ޖުޑިޝަރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ އެމްޑީޕީ ދެކޮޅު
ޖުޑިޝަރީގެ އާއްމު އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ބަޖެޓުގައި ހިމެނުމަށް ހުށަހެޅި އިސްލާހާ އެމްޑީޕީން ދެކޮޅު ހަދައިފިއެވެ.

އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ އޮނިގަނޑަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް 49 މިލިއަން ރުފިޔާ އިތުރު ކުރަން ހުށަހެޅުއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންއެވެ. 

ހިސާން މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ އެ ހުށަހެޅުމާ އެމްޑީޕީގެ ޕީޖީ ގްރޫޕުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

ހިސާން ހުށަހަޅުއްވާފައިވަނީ، 49 މިލިއަން ރުފިޔާ ޑީޖޭއޭގެ ބަޖެޓްގައި ހިމެނުމުގެ އިތުރުން ޖުޑިޝަރީގެ މުވައްޒަފުންގެ ހެލްތު އިންޝޫރެންސްއަށް ހަ މިލިއަން ރުފިޔާ ހިމެނުމަށެވެ. 

މި ހުށަހެޅުންތައް ހިސާން ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ  ބަޖެޓް ދިރާސާ ރިޕޯޓަށް ހުށަހެޅުއްވި އިސްލާހެއްގެ ގޮތުގައެވެ. ޖުޑިޝަރީގެ މުވައްޒަފުންގެ އިތުރުން، ޖޭއެސްސީގެ އާއްމު އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށާއި އެ މުވައްޒަފުންގެ ހެލްތު އިންޝޫރެންސް ބަޖެޓުގައި ހިމެނުމަށްވެސް ހިސާން ހުށަހެޅުއްވިއެވެ. މި ހުށަހެޅުންތައް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ރިޖެކްޓް ކުރިއިރު، 2009 ވަނަ އަހަރުން ފެށިގެން ޖުޑިޝަރީގެ މުވައްޒަފުންގެ މުސާރަ އަދި ބޮޑު ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް