ads
ހޯމް މިނިސްޓަރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާ އެކު
ހޯމް މިނިސްޓަރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އަރިހަށް
ހޯމް މިނިސްޓަރު އަލީ އިހްސާން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރައްވައިފި އެވެ.
Advertisement

ހޯމް މިނިސްޓަރު އަލީ އިހްސާން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާ މިއަދު ބައްދަލު ކުރެއްވިއިރު، އެ ބައްދަލުވުމުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. ސޯޝަލް މީޑިއާގައި އެ ބައްދަލުވުމުގެ ބައެއް ފޮޓޯތަކާއެކު ބައްދަލުވުމެއް އޮތްކަން ކްރިމިނަލް ކޯޓުން ހާމަ ކުރި ނަމަވެސް ތަފްސީލެއް ނުދެއެވެ. 

ފަނޑިޔާރުންނާ އެކު މިނިސްޓަރު ބޭއްވެވި ބައްދަލުވުމާ ގުޅޭގޮތުން ހޯމްލޭންޑް މިނިސްޓްރީގެ އޮފިޝަލަކު "ސީއެންއެމް" އަށް ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރެއިން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކަމަށެވެ.

މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު އިހުސާން ގެންދަވަނީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު އޭނާ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން، ގުޅުންހުރި މުއްސަސާތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ގައުމީ ދިފާއީ ބާރު، ދިވެހި ފުލުހުންގެ ހިދުމަތް، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކަމާ ގުޅުންހުރި އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް