ފުލުހުން ބުނީ، ޕީޖީ އޮފީހުގެ ވަކީލެއް އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
ފުލުހުން ބުނީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާކަމަށެވެ.
ޝަފީއު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ދެކޮޅަށް ދައުލަތުގެ ފަރާތުން ޝަރީއަތުގައި ވަކާލާތު ކުރާ އިސް ވަކީލެކެވެ.
އޭގެ އިތުރުން ޝަފީއު އަކީ ޕީޖީ އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރައްވަމުން އަންނަ ބޭފުޅެކެވެ.