ads
ސުނިލް ޝެޓީ
އަހަރެންނަކީ ބޮލުގެ ރިހުަމަކަށް އާއިލާއަށްވި: ސުނިލް ޝެޓީ
އޭނާއަކީ 1990 ގެ އަހަރުތަކުގައި އާއިލާއަށް "ބޮލުގެ ރިހުމަކަށް ވީ މީހެއް" ކަމަށް ބޮލީވުޑުގެ ޒަމާންވީ އެކްޓަރު ސުނިލް ޝެޓީ ބުނެފިއެވެ.

ސުނިލް ޝެޓީ ބުނީ އޭނާއާ އާ ދިމާލަށް އޭނާއަކީ "ބޮލުގެ ރިހުމެއްކަމަށް" އޭނާގެ މައިން ބަފައިން ނުބުނި ނަމަވެސް، އަވަށްޓެރިންނާއި ކައިރީ އަދި ފިހާރަތަކުގެ ސޭޓުން ކައިރީގައި އޭނާގެ މައިންބަފައިން އޭނާއަކީ "ބޮލުގެ ރިހުމެއް" ކަމަށް ވަނީ ބުނެފައެވެ. 

"އޭރު ފިލްމުތައް އާއިލާއަށް ކަމަކު ނުދޭ. މޫނުމަށްޗަކަށް އެހެން ނުބުނޭ، އެކަމަކު ބައެއް އަވަށްޓެރިންނާ ފިހާރަތަކުގެ ސޭޓުން ދިމާވީމަ ބުނޭ އަހަރެންމީ ބޮލުގެ ރިހުމެކޭ މަންމެން ބުނާކަމަށް" ސުނިލްޝެޓީ ދާދިފަހުން އިންޑިއާ ނޫހަކަށް ދިން އިންޓަވިއުގައި ބުންޏެވެ. 

ސުނިލް ޝެޓީ 1990 ގެ ފިލްމުތައް ބައެއް މީހުން ޓްރޯލް ކުރަމުން ގެންދިޔަނަމަވެސް، މިހާރު އޭނާއަކީ އޯޓީޓީ ޕްލެޓްފޯމް ތަކުގައި ވަރަށް މަގުބޫލު އެކްޓަރެކެވެ. މިގޮތުން "ދަރަވީ ބޭންކް" އާއި "ހަންޓާ" ފަދަ ސީރީޒްތަކުގައި ސުނިލްޝެޓީ ވަނީ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. 

އިންޓަވިއުގައި އިތުރަށް ވާހަކަދައްކަމުން ސުނިލް ޝެޓީ ބުނީ، އޭނާގެ ދަރިފުޅު އާތިޔާ ޝެޓީއާއި އޭނާގެ ފިރިމީހާ ސޯޝަލް މީޑިއާގައި ޓްރޯލްކުރާތީ ވަރަށް ދެރަވާކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް