އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދެވިފައިވާ ނަންތަކަށް ހިޔާލު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

Advertisement
އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދެވިފައިވާ ނަންތަކަށް ހިޔާލު ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އީސީން ވަނީ ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދެވިފައިވާ ނަންތަކާއި ގުޅޭގޮތުން އެއްވެސް ހިޔާލެއް އޮތްނަމަ، މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ހިޔާލު ހުށަހެޅުމަށް އަންގާފައެވެ. އެގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު ސިޓީ، އީމެއިލް (
[email protected]) ނުވަތަ ކޮމިޝަނުގެ ޓްވިޓާ އަދި ފޭސްބުކް މެދުވެރިކޮށް ވަނީ ހުޅުވާލާފައެވެ.
ކައުންސިލް އިންތިހާބުގައި ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން ބަހާލާފައިވާ ގޮތަށް ބަލާއިރު ފުވައްމުލަކު ސިޓީއަށް އިންތިޚާބުކުރަނީ 6 ކައުންސިލަރުންނެވެ. އަދި އައްޑޫ ސިޓީއަށް އިންތިޚާބުކުރަނީ 12 ކައުންސިލަރުންނެވެ. މާލެ ސިޓީއަށް 18 ކައުންސިލަރުން އިންތިހާބުކުރުމަށް ވަނީ ނިންމާފައެވެ.
މީގެތެރެއިން މާލެ ސިޓީ ކައުންސިލްގެ ހަ ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ. އައްޑޫ ސިޓީއިން ހަތަރު ގޮނޑި އަންހެނުންނަށް ހާއްސަކޮށްފައިވާއިރު ފުވައްމުލަކުން އަންހެނުންނަށް ހާއްސަކޮށްފައި ވަނީ ދެ ގޮނޑިއެވެ.
ލާމަރުކަޒީ ޤާނޫނަށް ފަހުން ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާއިރު، އެ އިސްލާހުތަކުގެ ތެރޭގައި ހުރިހާ ކައުންސިލްތަކަކުން 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުމާއި ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރުން ހިމެނެއެވެ.