ads
ރައީސް ޑރ. މުހައްމަދު މުއިއްޒު: ރައީީސް ގެ ދެ ދަތުރުފުޅަށް ވަނީ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވެފައި - ފޮޓޯ:ރައީސް އޮފީސް
ރައީސްގެ ދެ ދަތުރުފުޅަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ކުރެއްވި ދެ ދަތުރުފުޅަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވެއްޖެ އެވެ.

ރައީީސް އޮފީހުން މިއަދު ހާމަކުރި އަދަދުތަކުން ސާފުވާ ގޮތުން ރައީސް ޑރ. މުއިއްޒު ތުރުކީ އަށާއި ދުބާއީ އަށް ކުރެއްވި ދެ ދަތުރުފުޅަށް، ޖުމްލަ 3489165 ރުފިޔާ ހަރަދު ކުރައްވާފައިވާ ކަމުގަ އެވެ.

ދެ ދަތުރުފުޅުގެ ޓިކެޓު ހަރަދަށް އެކަނި ވެސް ވަނީ ދެ މިލިއަނަށް ވުރެ ގިން ރުފިޔާ ހަރަދު ވެފަ އެވެ. ދެ ދަތުރުފުޅުގެ ޓިކެޓު ތަކަށް ހޭދަވީ ޖުމްލަ 2454555 ރުފިޔާ އެވެ. އޭގެ ތެރޭގައި ފަސްޓް ކްލާސް ހަތަރު ޓިކެޓާއި ބިޒްނަސް ކްލާސްގެ 12 ޓިކެޓުގެ އިތުރުން އިކޮނޮމީ ކްލާސްގެ ‏12 ޓިކެޓު ހިމެނެ އެވެ.

ރައީީސްގެ ތުރުކީ ދަތުރުފުޅަށް ވަނީ 259376 ރުފިޔާ ހަރަދު ވެފަ އެވެ. ނަމަވެސް އެ ދަތުރުފުޅުގެ އެކޮމޮޑޭޝަނާއި ފަރިއްކޮޅުގެ ހަރަދުގެ އިތުރުން ދަތުރުފަތުރުގެ ހަރަދު ހަމަޖައްސައިދިނީ ތުރުކީގެ ސަރުކާރުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

ރައީސްގެ މި ދެ ދަތުރުފުޅުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހޭދަވީ ކޮޕް-28 ގައި ބައިވެރިވެވަޑައުގަތުމަށް ކުރެއްވި ދުބާއީ ދަތުރުފުޅަށެވެ. އެގޮތުން އެ ދަތުރުފުޅުގައި ވަނީ 775232 ރުފިޔާ ހަރަދު ކުރައްވާފަ އެވެ. 

ދުބާއީ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި 10 ބޭފުޅެއްގެ އެކޮމެޑޭޝަން އާއި ފަރިއްކޮޅު ހަރަދު ހަމަޖެއްސެވީ އެ ގައުމުގެ ސަރުކާރުން ކަމަށް ވެސް ރަައީސް އޮފީހުން ބުންޏެވެ.

ދަތުރުތަކުގެ ހަރަދު ކުޑަ ކުރުމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި ފަސްޓް ކްލާހުގައި ދަތުރު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

ރައީސް އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ރައީސްގެ ދަތުރުފުޅުތަކުގެ ހަރަދުތައް އެ ދަތުރެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި އެ އޮފީހުން އާންމުކުރާނެ އެވެ. 


0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް