ads
ފީފާ
ޓްރާންސްފަރ ބާޒާރުގައި ރޭކޯޑް އަގުތަކެއް މިއަހަރު
ފުޓްބޯޅަ ކްލަބުތަކުން 2023 ވަނަ އަހަރު އޭޖެންޓް ސާވިސް ފީގެ ގޮތުގައި ރެކޯޑް އަދަދެއް ކަމަށްވާ 888 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް، ފީފާގެ ރިޕޯޓުގައި ބުނެފިއެވެ.

ކްލަބުތަކުން މި އަހަރު އޭޖެންޓް ފީގެ ގޮތުގައި 888 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، މީގެ ކުރިން ރެކޯޑަކީ 2019 ވަނަ އަހަރު ކުޅުންތެރިން ބަދަލުކުރުމުގައި ހޭދަކުރި ފީއެވެ. 2019 ވަނަ އަހަރު އެޖެންޓުންނަށް ލިބުނު ކޮމިޝަންތަކުގެ އަދަދަކީ 654.7 މިލިއަން ޑޮލަރެވެ

ދުނިޔޭގެ ގަވަނިން ބޮޑީ ފީފާއިން ބުރާސްފަތި ދުވަހު އާންމުކުރި އަހަރީ "ފުޓްބޯޅަ އޭޖެންޓްސް އިން އިންޓަނޭޝަނަލް ޓްރާންސްފާސް" ރިޕޯޓުގައި ބުނެފައި ވަނީ 2023 ވަނަ އަހަރު ފުޓްބޯޅަ ކްލަބުތަކުން އޭޖެންޓް ސާވިސް ފީގެ ގޮތުގައި ރެކޯޑް އަދަދަކަށް 888.1 މިލިއަން ޑޮލަރު ދައްކާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %42.5 އިތުރު އަދަދެއް ކަމަށެވެ.

ޓްރާންސްފަރއަށް މިއަހަރު މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ އިނގިރޭސި ކްލަބުތަކުންނެވެ. އިގިރޭސި ކްލަބުތަކުންދ ޖުމްލަ ހަރަދު 280 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް އެޖެންޓުންނަށް ކޮށްފައިވެއެވެ.

މި އަހަރު ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކުރީ ސައުދީ އަރަބިއްޔާގެ ކްލަބުތަކުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް