ads
އެމްޑީޕީ އެކްޓިވިސްޓް ޝާމިން
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
އެމްޑީޕީން ކުރި މުޒާހަރާއަކާއި ގުޅިގެން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާ އެކްޓިވިސްޓު މުހައްމަދު ޝާމިން ބަންދުން ދޫކޮށްލައިފި އެވެ.
Advertisement

ކޯޓުން އޭނާ ބަންދުން މިއަދު ދޫކޮށްލާފައި މިވަނީ 14 ދުވަސް ބަންދުގައި ބެހެއްޓުމަށްފަހު އެވެ. އޭނާގެ ބަންދުގެ މުއްދަތު އަލުން އިތުރުކުރުމަށް މިއަދު ކޯޓަށް ގެންދިޔުމުން ކޯޓުން އޭނާ މިނިވަން ކުރީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު މާލެއިން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށެވެ. 

ކޯޓުން މިއަދު އޭނާ ބަންދުން ދޫކޮށްލަން ނިންމި އަމުރުގައި ވަނީ ޝާމިންގެ މައްޗަށް ކުރެވިފައި ވަނީ ޖިނާއީ ބޮޑު ތުހުމަތަކަށް ނުވުމާއި އޭނާގެ އަމަލަކުން މުދަލަކަށް، ފުލުހަކަށް ޖިސްމާނީ އަނިޔާއެއްވެފައި ނުވާކަން ހުށަހެޅިފައިވާ ކަންކަމުން ސާފުވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ  އޮގަސްޓް 28، ގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ޗާންދަނީ މަގާއި ދީދީ ގޯޅިއާ ގުޅޭ ކަންމަތީގައި މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑު ހުރަސްކޮށް ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވާ ކަމުގެ ތުހުމަތުގައިކަމަށް ފުލުހުން ބުނެ އެވެ. 

އެ މުޒާހަރާއާ ގުޅިގެން މީގެކުރިން ވަނީ އެމްޑީޕީގެ އެކްޓިވިސްޓް އަހުމަދު މައިމޫން މުހައްމަދު ވެސް ހައްޔަރުކުރި އެވެ. އެހެންނަމަވެސް ފަހުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް