ރިޕޯޓުތައް ބުނާ ގޮތުން ރާއްޖޭން އާންމުކޮށް ވަންނަ ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކޮށްފައި ވަނީ ރެއިން ފެށިގެންނެވެ. އެކަން ކޮށްފައި ވަނީ ސަރުކާރުން އަންގައިގެން ކަމަށްވެ އެވެ.
އެފަދަ ވެބްސައިޓުތަކަށް ނުވަދެވޭނެ ގޮތް ހަދާނެ ކަމަށް ސަރުކާރަކުތަކުން ބުނަމުން އައި ނަމަވެސް މިހާތަނަށް މިފަދަ ފިޔަވަޅެއް އަމަލީ ގޮތުން އަޅާފައެއް ނުވެ އެވެ. މި ކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ރަސްމީ ޖަވާބެއް ދީފައެއް ނުވެ އެވެ.
މުވާސަލާތީ ހިދުމަތްދެމުން އަންނަ ކުންފުނިތަކުން އަބަދުވެސް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އަންގާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހަމަޖައްސަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;