ads
ރައީސް މުއިއްޒު ފޮޓޯ:-- ރައީސް އޮފީސް
ބަރަހަނާ ސައިޓުތައް ބްލޮކް ކުރުމާ އެކު ރައީީސަށް ތައުރީފު އޮހެނީ
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަރަހަނާ ސައިޓުތައް ބޭނުން ނުކުރެވޭހެން ހެދުމާ އެކު ރައީީސް ޑރ. މުހައްމަދު މުއިއްޒަށް ތައުރީފު އޮހެން ފަށައިފި އެވެ.
Advertisement

ރިޕޯޓުތައް ބުނާގޮތުން ރާއްޖޭން އާންމުކޮށް ވަންނަ ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކޮށްފައި ވަނީ ރެއިން ފެށިގެންނެވެ. އެކަން ކޮށްފައި ވަނީ ސަރުކާރުން އަންގައިގެން ކަމަށްވެ އެވެ.

ރާއްޖޭން ބަރަހަނާ ސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމާ އެކު ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެކަމާ މެދު ޝުއޫރު ފާޅު ކުރަމުންނެވެ. އެގޮތުން ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު އަންނަނީ ރައީީސް މުއިއްޒަށާއި ސަރުކާރަށް ތައުރީފާއި ޝުކުރުގެ ބަސްތައް ރައްދު ކުރަމުންނެވެ.

ގިނަ ފަރާާތްތަކުން ބުނެފައިވާ ގޮތުގައި މި ކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގަ އެވެ. އަދި ސަރުކާރުގެ މި ނިންމެވުމަކީ ގައުމަށް ފައިދާހުރި މުހިންމު ނިންމެވުމެއް ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތައްވެސް ހިމެނޭހެން، ގިނަ ބަޔަކު ދަނީ އިއްތިފާގު ވަމުންނެވެ.

އެގޮތުން ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު އެކްސްގައި ވިދާޅުވީ ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރުމަކީ މުޖުތަމައު ބަލައިގަންނަން ޖެހޭ ނިންމުމެއް ކަމަށެވެ. މަހުލޫފު ވިދާޅުވީ އެފަދަ ސައިޓުތަކުގެ ސަބަބުން އެނގުމާއި ނޭނގުމުގެ ތެރޭގައިވެސް ގިނަ ކުޑަކުދިންނެއް ދިޔައީ ހަލާކުވަމުން ކަމަށެވެ. އެހެންކަމުން ބައިވަރު އިޖުތިމާއީ މައްސަލަތަކަށް މަގުފަހިވަމުން ދިޔަ މި ސައިޓުތައް ހުއްޓުވި ކަމަށް ޓަކައި އޭނާ ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝޭޭހް އަލީ ޒައިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭން ބަރަހަނާ ސައިޓުތައް ބްލޮކް ކުރަން ކެރޭ ވަރުގެ ވެރިއެއް އަންނާނެ ކަމަށް މީގެ ކުރިން ގަބޫލު ނުކުރައްވާ ކަމުގަ އެވެ. އެހެންނަމަވެސް އެކަން ހުއްޓުވައި، ރައީސް މުއިއްޒަކީ ހަގީގީ ލީޑަރެއްކަން ސާބިތުކޮށް ދީފި ކަމަށް ޒައިދު ވިދާޅުވެފައިވެ އެވެ. އަދި އެއީ ވަރަށް އުފާވެރި ހަބަރެއް ކަމުގައި ފާހަގަކުރައްވާ އޭނާ ވަނީ ރައީސަށް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާފަ އެވެ.

ބަރަހަނާ ސައިޓުތައް ހުއްޓުވުމާ ގުޅިގެން ޔޫތު އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފްވެސް ވަނީ ރައީސް ޑރ. މުއިއްޒަށް ޝުކުރު އަދާކުރައްވާފަ އެވެ. މަލްޝާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެފަދަ ސައިޓުތައް ބޭނުން ކުރުމަކީ ޒުވާން ޖީލަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމުގަ އެވެ. އެގޮތުން ޒުވާނުންގެ ވިސްނުމަށާއި އުޅޭއުޅުމަށްވެސް އެކަމުގެ ސަބަބުން އަސަރު ފޯރާ ކަމަށް މަލްޝާ ވިދާޅުވި އެވެ.

ސަރުކާރުގެ މި ނިންމުމާ އެކު ރައީސަށް ލިބިވަޑައިގެން ތައުރީފުގެ އިތުރުން ފާޑުކިޔުންތައްވެސް އަންނަނީ އަމާޒުވަމުންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނީ މި ނިންމުމާ އެކު ވެސް އެފަދަ ސައިޓުތަކަށް ވަދެވޭނެ މަގުތައް އަދިވެސް ހުރުމުން، ސައިޓުތައް ހުއްޓުވީ 'ނަމަކަށް' ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް