ads
އެމްއެސް އައިދިއާބެލާ ރާއްޖޭގައި - ފޮޓޯ:މާޔާ
ގަވާއިދު އިސްލާހުކޮށް ކްރޫޒްޝިޕްތައް ރާއްޖެ ގެންނާނަން: މިނިސްޓަރު ފައިސަލް
ކުރޫޒްލައިނާތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައިސަލް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީީސް ސޯލިހުގެ ސަރުކާރުން ހަދާފައިވާ އެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ގަވާއިދުގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ. 

"އިރާދަ ކުރެއްވިއްޔާ ދާދި އަވަހަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވަން" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އާންމުކުރި އާ ގަވައިދުގައި، ކްރޫޒްޝިޕްތަކުގެ ވަކިވަކި ފަސިންޖަރުން ހޭދަކުރާ ކޮޓަރިތަކުން ޖީއެސްޓީ ނެގޭ ގޮތަށް ބަދަލު ކުރުމާ ގުޅިގެން ރާއްޖެއަށް އެފަދަ ބޯޓުތައް އައުމުގެ ފުރުސަތު މިހާރު ވަނީ ކުޑަވެފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން ބޯޓުގެ ކޮންމެ ކޮޓަރިއެއްގައި ފަސިންޖަރުން ހޭދަކުރާ ދުވަހެއްގެ ރޭޓުން ޖީއެސްޓީއަށް 16 އިންސައްތަ ދައްކަން ޖެހޭނެ އެވެ.

މި މަހުން ފެށިގެން އެ ގަވާއިދަަށް އަމަލުކުރަން ފެށުމާ އެކު، ކުރިން ރާއްޖެ އައުމަށް ޕްލޭންކޮށްފައިވާ ކްރޫޒްޝިޕްތައް ވެސް މިހާރު އެހެން ގައުމުތަކަށް ޑައިވާޓު ކުރަމުންދާ ކަމަަށް މައުލޫމާތު ލިބެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް