މި ކަން އިއުލާނުކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުން މިއަދު ނެރުއްވި 17/2023 ނަންބަރު ދެންނެވުމުގަ އެވެ.
އެ ދެންނެވުމުގައި ވަނީ ކުވޭތުގެ އަމީރު އައްޝައިހް ނަވާފް އަލްއަހްމަދު އަލްޖާބިރު އައްސަބާހް އަވަހާރަވުމުގެ ހިތާމައިގައި، މާދަމައިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.