ads
ކުވޭތުގެ ވަލީއަހުދު އައްޝައިހް މިޝްއަލް އަލްއަހްމަދު އަލްޖަބާރު-
ރައީސް ކުވޭތުގެ ވަލީއަހުދަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުވޭތުގެ އަމީރު އައްޝައިހު ނަވާފް އަލްއަހްމަދު އަލްޖާބިރު އައްސަބާހް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ވަލީއަހުދު އައްޝައިހް މިޝްއަލް އަލްއަހްމަދު އަލްޖަބާރުއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ކުވޭތުގެ ވަލީއަހްދަށް ރައީސް ފޮނުއްވި މެސެޖުގައި ކުވޭތުގެ އަމީރު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވިއެވެ. 

އަދި ކުވޭތުގެ އަމީރު އައްޝައިހް ނަވާފް އަލްއަހްމަދު އަލްޖާބިރު އައްސަބާހްއަކީ ދުރުވިސްނުން ގެންގުޅުއްވި، ސާބިތުކަމާއެކު އެގައުމާއި ރައްޔިތުންގެ ހައްގުގައި ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވި އޯގާތެރި ޚިދުމަތްތެރި ލީޑަރެއްގެ ގޮތުގައި ސިފަކުރައްވައި، އެ މަނިކުފާނުގެ ޚިދުމަތުގެ ފޮނި މާޒީ ކުވޭތުގެ ކުރިއެރުމާއެކުއެކީގައި ހަނދުމަ އާ ކުރެވިގެންދާނެކަމުގައި ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި ކުވޭތާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމަކީ ދެގައުމުގެ މެދުގައި އޮތް އިތުބާރާއި އިހްތިރާމާއި  ސުލްހައާއި ތަމައްދުންގެ މައްޗަށް އެކުލެވިފައިވާ ވަރަށް އަޚްވަންތަ ގުޅުމެއް ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުވެސް، ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ އާއިލާއަށް ލިބުނު ފުން ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަން ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް