ads
ކުވައިތުގެ އަމީރު ޝެއިހް ނަވާފް-
ކުވައިތުގެ އަމީރުގެ މައްޗަށް ކަށުނަމާދު ކުރުން މާދަމާ އިސްލާމީ މަރުކަޒުގައި
ކުވައިތުގެ އަމީރު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނު މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާ އިސްމީ މަރުކަޒުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއާ ނުހަނު ގާތް އަޚުވަންތަ ގުޅުމެއް އޮންނަ ޤައުމެއްކަމުގައިވާ ކުވައިތުގެ އަމީރު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނު މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މާދަމާ ރޭ އިޝާ ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ.

 ވީހާ ވެސް ގިނަ ބަޔަކު ނަމާދުގައި ބައިވެރިވެލެއްވުމަށް މިނިސްޓްރީން އެދިފައިވެއެވެ.

ޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު އެމަނިކުފާނުގެ އުމުރުފުޅަކީ 86 އަހަރެވެ. 

އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ވަނީ ތައުޒިޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ.

ޝެއިޚް ނަވާފް އަވަހާރަވުމުން ކުވައިތުގެ އަމީރަކަށް ދެން ވަޑައިގަންނަވާނީ ޢުމުރުން 83 އަހަރުގެ ޝެއިޚް މިޝްއާލް އަލް އަޙްމަދު އަލް ޖާބިރެވެ.

4.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކުވައިތަކީ ދުނިޔޭގެ ހަ ވަނައަށް އެންމެ ގިނައިން ތެޔޮ ހުރި ޤައުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް