ކުރިޔަށް އޮތް 20 ވަނަ ރައްޔިތުން މަޖިލީހުގައި 93 ދާއިރާއެއް ހިމެނޭނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ޖޭޕީން ބުނީ އެޕާޓީގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެފުރުސަތު މިމަހުގެ 26 ވަނަދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އަދި ޓިކެޓަށްް އެދި ހުށައަޅަން ޖެހޭނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމުންކަމަށްވެސް އެ ޕާޓީން ބުނެއެވެ. ފޯމާއި އެކު ހުށައަޅަން ޖެހޭނީ އައިޑީ ކާޑާއި ސީވީގެ ކޮޕީއެއްކަމަށް ޖޭޕީން ބުނެއެވެ.
ޕާޓީގެ ކެންޑިޑެންސީ ކަށަވަރު ވާނީ އިންތިހާބުގައި ވާދަ ކުރުމަށް ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަމާއި ގާބިލްކަން ބެލުމަށްފަހު ޕާޓީގެ ކައުންސިލުން ނުވަތަ އެކަަމަށްޓަކާ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުން ބެލުމަށްފަހު ކަމަށް ޖޭޕީން ވަީ ބުނެފައެވެ.
އަންނަ މަޖިލީހީހަށް ކުރިމަތިލުމަށް އެންމެ ބޮޑު ދެ ޕާޓީިންވެސް ވަނީ ހުޅުވާލާފައެވެ. ވެރިކަން ކުރާ ޕީއެންސީ / ޕީޕީއެން ކޯލިޝަންގެ ޓިކެޓަށް ހުޅުވާލި ފުރުސަތުގައި 350 ވުރެ ގިނަ ފަރާތުން ވަނީ ނަން ހުށައަޅާފައެވެ. ޢޭގެ ތެރެއިން 10 ދާއިރާއެއް ގެ ޓިކެޓް ވަނީ ކަށަވަރުވެފައެވެ. އެ ކޯލިޝަންގެ ޕްރައިމެރީ ބާއްވަން މިމަހުގެ 23 ވަނަ ދުވަހަށް ތާވަލުކުރި ނަމަވެސް މިހާރު ވަނީ އެ ތާރީހު އަންނަ މަހުގެ 20 ވަނަދުވަހަށް ފަސްކޮށްފައެވެ.
އިދިކޮޅު އެމްޑީޕީންވެސް ވަނީ ޕާޓީގެ ޓިކެޓްގައި ކުރިމަތިލާން ބޭނުންވާ މީހުންނަށް މިމަހުގެ 25 ވަނަދުވަހުގެ ކުރިން ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޕްރައިމެރީ އޮންނާނީ އަންނަ މަހުގެ 26 އަދި 27 ގައިކަމަށް އެމްޑީޕީން ބުނެއެވެ.