ads
ބީއެމްއެލުން މުވައްޒަފުންގެ އަގުވަޒަންކޮށް ސްޓާ އެވޯޑްސް ވަނީ ދީފައި - ފޮޓޯ:ބީއެމްއެލް
ބީއެމްއެލުން މުވައްޒަފުންގެ އަގުވަޒަންކޮށް ސްޓާ އެވޯޑްސް ދީފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުވައްޒަފުންގެ އަގުވަޒަންކޮށް 'ސްޓާ އެވޯޑްސް' ދީފި އެވެ.

ބީއެމްއެލުން ބުނީ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ބޭންކުން ދޭ 'އެމްޕްލޯއީ ސްޓާ އެވޯޑްސް' 20 މުވައްޒަފަކަށް ދީފައިވާ ކަމަށެވެ. އެ ބޭންކުގައި ބޭއްވި ހާއްސަ ހަފުލާއެއްގައި މި އެވޯޑު ހާސިލުކުރި މުވައްޒަފުންނަށް އެވޯޑު ދެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ކަމަށް ބީއެމްއެލުން ބުނެ އެވެ.  

ބީއެމްއެލުން ބުނެފައި ވަނީ ކޮންމެ މަހަކު ބާއްވާ މި އެވޯޑަށް ހުށަހެޅޭ މުވައްޒަފުންގެ ތެރެއިން އެވޯޑު ހާސިލުކޮށްފައިވާ މުވައްޒަފުންނަކީ ބޭންކަށާއި މުޖުތަމައަށް އަގުހުރި މަސައްކަތްތަކެއް ކޮށްދީފައިވާ އަދި މަސައްކަތާއި އަހުލާގުގައި ލާމަސީލު މުވައްޒަފުން ކަމަށެވެ. މީގެ އިތުރުން ތައުލީމާއި ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކުން މުވައްޒަފުން ހޯދާ ކާމިޔާބީ ފާހަގަކޮށް މި އެވޯޑު ދެވޭ ކަމަށް ބީއެމްއެލުން ބުނެ އެވެ.

"އެމްޕްލޯއީ ސްޓާ އެވޯޑްސް އާއެކު ބޭންކުގެ ކަސްޓަމަރުންނާއި ބޭންކުގެ ހިދުމަތް ލިބޭ މުޖުތަމައުގެ ލާބަ އާއި މަންފާއަށްޓަކައި ބޭންކުގެ މުވައްޒަފުން ކުރާ ބުރަ އަދި ފަރުވާތެރި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބޭ. ގަވައިދުން ދެމުންދާ މި އެވޯޑަކީ މުވައްޒަފުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުމަށް ހިތްވަރު ލިބިގެންދާނެ އެވޯޑެއް،" - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ

މުވައްޒަފުން ކުރަމުންދާ ލާމަސީލު މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްޕްލޯއީ ސްޓާ އެވޯޑްސް ތައާރަފުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. މި އެވޯޑުގެ އިތުރުން ބީއެމްއެލްގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ސްޓާފް އެވޯޑްސް' އަދި ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް 'ލޯންގް ސާވިސް އެވޯޑްސް' ވެސް އަންނަނީ ބާއްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް