ads
އިކޮނޮމިކް މިނިސްޓަރު ސައީދު— ފޮޓޯ:ރައީސް އޮފީސް
ބޭރު މަސައްކަތްތެރިންގެ ތަފާސް ހިސާބުތައް ސަރުކާރުން ޑިލީޓްކޮށްފި
ރާއްޖޭގައި މަސައްކަތް ކުރާ އެހެން ގައުމުތަކުގެ މީހުންގެ ތަފާސް ހިސާބުތައް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ނަގައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން ބަނގްލަދޭޝްއިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭ ގޮތަށް ސަރުކާރުން ހަމަޖައްސާފަވާކަން އިއުލާން ކުރައްވާފައެވެ.

ސަރުކާރުން ބަންގްލަދޭޝްގެ ލޭބަރުން ގެނެވޭ ގޮތައް ހަމަޖެއްސުމާއެކު ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެގޮތުން ވަޒީފާ އާއި ބެހޭ ގާނޫނުގައި ވާގޮތުން ވަޒީފާ އަދާކުރުމަށް އެއް ގައުމަކުން އެންމެ ގިނައިން ގެނެވޭނީ އެއް ލައްކަ މީހުންކަމުގައި އޮންނަ އިރު އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާރުވެސް ރާއްޖޭގައި ބަންގްލަދޭޝްގެ 139،000 މީހުން ވަޒީފާ އަދާކުރަމުން އެބަގެންދެއެެވެ.

އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްގައިވާ "ފޮރެއިން ލޭބާ ސްޓޭޓިސްޓިކްސް އެން އެކްސްޕެޓް ސިސްޓަމް ރިޕޯޓް 2023"ގައި މި އަދަދުތައް މިއަދުވެސް ފެންނަން ހުއްޓެވެ.

ގިނަ ބަޔަކު އެ ރިޕޯޓް ހިއްސާކޮށް އެކަން ފާހަގަކުރަން ފެށުމުން އެމިނިސްޓްރީން ވަނީ ރިޕޯޓް ނަގާފަ އެވެ. 

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން ބަންގްލާދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ 2019 ވަނަ އަހަރުގަ އެވެ.

އެކަމާ ގުޅިގެން ކުރީ ސަރުކާރުގައި ބިދޭސީންގެ މައްސަލަ ހައްލުކުރެއްވުމާއި ހަވާލުވެހުންނެވި އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ  ‏2019ގެ ކުރިން ބަންގަލަދޭޝްގެ ވަގުފާރި ވިޔަފާރި އަކީ އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ނަގާ މުޑުދާރު ވިޔަފާރިއެއް ކަމަށެވެ.

ފަސް އަހަރު ހުއްޓުވާފަ އޮވެ އަލުން ގާނޫނާ ހިލާފަށް ހުއްދަ ދިނުމަކީ ގައުމީ ސަލާމަތަށް އަދި ދިވެހި އިގްތިސޯދާއި އިޖުތިމާއީ ފޭރާމަށް ހުރިނުރައްކަލެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

 ކޯޓާ ފްރޯޑް ތުހުމަތުގައި ޕޮލިސް ކޭސް އެއް ފައިލް ކުރެވިފައިވާ ފަރާތަކާ ކޯޓާ ކަންކަން ހަވާލުކޮށް، ގާނޫނުގައި ކަނޑައެޅިފަވާ އަދަދު ހަމަވެފަވާ ގައުމަކުން ގާނޫނާހިލާފަށް މީހުން އެތެރެކުރަން ނިންމުމުން ސުވާލު އުފެދޭކަމަށް އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ފައްޔާޒު ވިދާޅުވި އެވެ.

9%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
82%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް