ads
ބަންޑާރަ ނައިބު އުޝާމާއި ރައީސް ޑރ. މުއިއްޒު
ސިޔާސީ ސަބަބަކަށްޓަކާ މަޖިލިހުގެ ހަމަތައް ބަދަލުކުރުމަކީ ދެރަކަމެއް: އޭޖީ
ސިޔާސީ ސަބަބުތަކަށްޓަކައި ރައްޔިތުންގެ މަޖިލިހުން އަމަލުކުރަމުން އައި އުސޫލުތަކާއި ހަމަތައް ބަދަލުކުރުމަކީ ދެރަކަމެއް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
Advertisement

އުޝާމް މިހެން ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓް ފާސްކުރަން ފޮނުވާފައި ނުވާތީ ވަޒީރުންނަށް ރުހުން ދޭން މިއަދުގެ މަޖިލިހުގެ ޖަލްސާއަށް އެޖެންޑާކުރި މައްސަލަ ނަގާ އަލުން ކޮމެޓީއަށް ފޮނުވާލުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ ދަށުން ވުޒާރާތަކުގެ މެންޑޭޓް ފާސްކުރުމަށް މަޖިލިހަށް ހުށަހެޅުމާއި 129 ވަނަ މާއްދާގެ ދަށުން ވަޒީރުންނަށް ރުހުން ދިނުމަކީ މުޅިން ތަފާތު ދެ ކަމެއް ކަމުގަ އެވެ.

ރައްޔިތުންގެ މަޖިލިހުން މީގެކުރިން ވެސް އަމަލުކޮށްފައި ވަނީ އެގޮތަށް ކަން އުޝާމް ފާހަގަކުރެއްވި އެވެ. އެގޮތުން އެންމެފަހުގެ ކެބިނެޓަށް ރުހުން ދިނުމުގައިވެސް މަޖިލިހުން ކަންތައް ކޮށްފައި ވަނީ ހަމަ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ 2018 ވަނަ އަހަރު ވަޒީރުންނަށް މަޖިލިހުގެ ރުހުން ހޯދަން ހުށަހަޅާފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ކަމަށެވެ. އަދި މަޖިލިހުން ރުހުން ދީފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން މެންޑޭޓް ފާސްކުރުމަށް ހުށަހެޅީ އެ މަހުގެ 13 ވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން މަޖިލިހުން މީގެކުރިންވެސް އަމަލުކޮށްފައިވާ ގޮތް ބަދަލުކޮށް، ސިޔާސީ ސަބަބުތަކަށްޓަކައި މަޖިލިހުން އަމަލުކުރަމުން އައި އުސޫލުތަކާއި ހަމަތައް ބަދަލުކުރުމަކީ ދެރަކަމެއް ކަމަށް އުޝާމް ވިދާޅުވި އެވެ.

މިއަދުގެ މަޖިލިހުގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވަނީ ސަރުކާރުން އުފެއްދި ވުޒާރާތަކުގެ މެންޑޭޓް ފާސްކުރަން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައި ނުވާތީ ވަޒީރުންނަށް ރުހުން ދޭން މަޖިލިހުގައި ނޭހޭނެ ކަމަށް ވިދާޅުވެފަ އެވެ. 

އެކަމާ ގުޅިގެން މަޖިލިހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލިޑަރާ މަޝްވަރާކުރުމަށްފަހު، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދު އެޖެންޑާއިން އުނިކުރަން ނިންމުމާ އެކު، އެ މައްސަލަ ވަނީ އަލުން ކޮމެޓީއަށް ފޮނުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް