ads
އާޒިމަށް ތާއީދުކުރައްވާކަން ހާމަކުރައްވާ ފައިސަލް ނަސީމް އާއްމުކުރެއްވި ފޮޓޯ
ކުރީގެ ވީޕީ ފައިސަލް ނަސީމުގެ ތާއީދު އާޒިމަށް
މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމަށް ތާއީދުކުރާކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހާމަކުރައްވައިފިއެވެ.

އާޒިމާއި އެކު ނަގާފައިވާ ފޮޓޯއެއް އެކްސްގައި އާއްމުކުރައްވަމުން ފައިސަލް ނަސީމް ވިދާޅުވީ އާޒިމަކީ މާލޭގެ މޭޔަރަށް އެންމެ ފުރިހަމަ ޗޮއިސްކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ އާޒިމްގެ ތަޖުރިބާއާއި ނަޒާހަތްތެރިކަމާއި މަސައްކަތަށްދޭ ސަމާލުކަމެވެ. އަދި ހެޔޮ ބަދަލަކަށް އާޒިމަށް ވޯޓްދޭން ފައިސަލް ނަސީމްވަނީ ވިދާޅުވެފައެވެ. 

މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުކަމަށް 5 ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ ޝުއައިބު އަލީ (ފުރަހަނި ޝުއައިބް) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތާޢިދާއެކު އަމިއްލަ ގޮތުން ވާދަކުރާ ހުސެއިން ވަހީދާއި ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން އައިޝަތު އާޒިމާ ޝަކޫރާއި އެމްޑީޕީގެ ފަރާތުން އާދަމް އާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ސައިފު ފާތިހު އެވެ. 

your imageމާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓުން

މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަމަހުގެ 13 ވަނަދުވަހުއެވެ. ސަރުކާރުގެ އިސް މަގާމުތަކަށް މެމްބަރުން ދިޔުމުން މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ 

 މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ މެމްބަރުން ހޮވުންވެސް އެދުވަހު އޮންނާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް