ads
މުސާރަ ބޮޑުކުރަން ތިން ޕާޓީން ވޯޓް ދިން، މިހާރު ރާގު ބަދަލު
މަޖިލިސް މެމްބަރުންނާއި ސިޔާސީ މަގާމުތަކުގައި ތިބި ވެރިންގެ މުސާރަތައް ބޮޑުކުރުމަށްް ރައްޔިތުންގެ މަޖލީހުގެ މާލިއްްޔަތު ކޮމެޓީން ފާސްކުރީ ބޮޑު ތިން ޕާޓީގެ މެމްބަރުންގެ ތާއީދާ އެކުއެވެ.
Advertisement

ސިޔާސީ މީހުންގެ މުސާރަ ބޮޑުކުރަން ނިންމާ އެކަން އާއްމުކުރުމުން ރައްޔިތުންގެ ފާޑިކިޔުންތައް އަމާޒުވުމުން އެމްޑީޕީ ފިޔަވާ ދެން ތިބި ޕާޓީތަކުގައި ވާހަކާއި ރާގު ވަނީ ބަދަލުވެފައެވެ. 

މުސާރަ ބޮޑުކުރަން  ވޯޓްދިން މެމްބަރުން 

  • ޔައުގޫބް އަބްދުﷲ (އެމްޑީޕީ)
  • އަބްދުލްގަފޫރް މޫސާ (އެމްޑީޕީ)
  • އަބްދުﷲ ވަހީދް (އެމްޑީޕީ)
  • ޔާސިރު އބްދުއްލަތީފް (އެމްޑީޕީ)
  • ހަސަން ޒަރީރު (އެމްޑީޕީ)
  • މުހައްމަދު މުމްތާޒު (އެމްޑީޕީ)
  • ހުސެއިން މުހައްމަދު ދީދީ (އެމްޑީޕީ)
  • ހަސަން އަފީފް ( ދަ ޑިމޮކްރެޓްސް )
  • މޫސާ ސިރާޖު ( ޕީއެންސީ )

 މުސާރައިގެ އަދަދުތަކާއި ބޮޑުވާ މީހުން އެނގުމުން ރައްޔިތުންގެ އުދާސްތައް ވަނީ މުޅި ސޯޝަލް މީޑިއާއަށް އޮއްސާލާފައެވެ. އެއާއި އެކު އެމްޑީޕީ ފިޔަވާ މުސާރަ ބޮޑުކުރަން ވޯޓް ދިން ސަރުކާރު ހިންގާ ޕީއެންސީއާ ޑިމޮކްރެޓުންވަނީ ހިޔާލު ބަދަލުވެ ރައްޔިތުންނަށް ހެޔޮ އެދޭކަން ހާމަކުރަން ފަށާފައެވެ.  

ސަރުކާރާއި ސަރުކާރުގެ ވަޒީރުންވެސް ޑިފެންސަށް ކުޅެން ފަށާ އެ ނިންމުން ބަލައި ނުގަންނަ ވާހަކަ މިހާރު ދަނީ ދައްކަމުންނެވެ. ރައީސް ޑރ މުއިއްޒު ވިދާޅުވީ އެ ނިންމުމަށް ތާއިދު ނުކުރައްވާކަމަށާއި މުސާރަ ބޮޑުކުރަން ބޭނުންނުވާކަމަށެވެ. އަދި ބޮޑުކުރި މުސާރަ ނުނަންގަވާ ކުޑަކުދިންގެ ހިޔާ ފަދަ އިޖްތިމާއި ކަމަކަށް ހަދިޔާ ކުރައްވާނެކަމަށެވެ. އެއާއި އެކު ވަޒީރުންވެސް ގެންދަވަނީ ރައީސްގެ މި ނިންމެވުމަށް ފުރިހަމަ ތާއިދުކުރާކަން ހާމަކުރައްވަމުންނެވެ. 

އެމްޑީޕީގެ ހުރިހާ ނިންމުމާއި ދެކޮޅު ދަ ޑިމޮކްރެޓުންވެސް ވަނީ މީ އެމްޑީޕީގެ އަގްލަބިއްޔަތު އޮވެގެން ނިންމު ނުރައްކާތެރި ނިންމުމެއްކަމަށް ސިފަކޮށް ބޮޑު ބަޔާނެއްވެސް ނެރެފައެވެ. އެހެންނަމަވެސް މި ނިންމުމަށް އެޕާޓީން ކޮމެޓީގައި ވޯތް ދެއްވީ ސިޔާސީ މަސްރަހުގައިވެސް އެންމެ ދުވަސްވީ އަދި އެ ޕާޓީގައިވެސް ސިޔާސީކަންކަމަށް އެންމެ ދޮށީ މެމްބަރު ހަސަން އަފީފްއެވެ. ދަ ޑިމޮކްރެޓުން ވަނީ ބޮޑު ބަޔާނަކަށްފަހު މި ނިންމުމާއި ދެކޮޅަށް ތްރީލައިން "ރެޑް" ވިޕެއްވެސް ނެރެފައިވާކަން ހާމަކޮށްފައެވެ. 

މުސާރަތައް ބޮޑުކުރި ގޮތް

  • މަޖިލިސް މެމްބަރުންނަށް އެލަވަންސާއެކު 100،000 ރުފިޔާ
  • މަޖިލީހުގެ ރައީސް 90،000 ރުފިޔާ 
  • ރައީސުލްޖުމްހޫރިއްޔާއަށް 120،000 ރުފިޔާ
  • ނައިބު ރައީސަށް 93،000 ރުފިޔާ
  • ވަޒީރަކަށް 74،000 ރުފިޔާ
  • އުއްތަމަ ފަނޑިޔާރު 91،000 ރުފިޔާ

ކޮންމެއަކަސް ރައްޔިތުން މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް ރައްޔިތުން ހާލާއި ކަންބޮޑުވުން މި އެގުނީ އަމިއްލައަށް ވޯޓްދީ މުސާރަ ބޮޑުކުރުމަށްފަހު އެކަމާއި ރައްޔިތުން ރަތަށް އަރާ ޖެހުނުހާ އެއްޗެއް ކިޔަން ފެށުމުންނެވެ. ވޯޓަށް އަތް ހިއްލާ ތާއިދުކޮށް ނިންމާފައި ދިޔައިރުވެސް ރައްޔިތުން މީހާގެ ހާލެއްވެސް އެނާ އުޅޭގޮތެއްވެސް ހަމަ ނޭގުނެވެ. 

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް