
މަސީން ކުރިއަށްގެންދާ މި ސާވޭގައި ބައިވެރިވުމަށް މިދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުން މާޗް 26 ވަނަ ދުވަހުގެ 06:00 ގެ ކުރިން މައުލޫމާތުތައް ފޮނުވުމަށް މަސީން ވަނީ އެދިފައެވެ.
މިސާވޭއަށް ނަގާ މައުލޫމާތުތަކުގެ ތެރޭގައި ކުންފުނީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ އަދަދާއި ދިވެހި މުވައްޒަފުންގެ އަދަދު ހިމެނެއެވެ. އަދި ކުންފުނިން ހިންގަމުން ގެންދާ ސާރުކާރާއި އަމިއްލަ ޕްރޮޖެކްޓްތަކުގެ މައުލޫމާތާއި މިއަދުގެ ހާލަތުގެ ސަބަބުން ކުރިއަށް އޮތް ތިން މަސް ދުވަހު ކުންފުންޏަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ ގެއްލުމުގެ މިންވަރު ހިމެނެއެވެ.
މީގެ އިތުރުން މިދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކަށް ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ އެހީ ހޯދުމަށް ފެންނަކަމަށް ކުންފުނިތަކުން ހިއްސާ ކުރާ މައުލޫމާތުގައި ހިމެނުމަށް ވަނީ އެދިފައެވެ. އަދި ކުންފުނިތަކުގެ މުވައްޒަފުން އިންޝުއަރެންސް ކޮށްފައިވާކަން ނުވަތަ ނޫން ކަން ވެސް ބަޔާންކުރަންޖެހެ އެވެ.