ads
ނައިބު ރައީސް އަނެއްކާވެސް ޔޫރަޕަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް، ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފި އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭން ބޭރަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ ނައިބު ރައީސް ވަޑައިގަތީ ޗައިނާއަށެވެ. އޭގެ ފަހުން ދެން ވަޑައިގެންނެވީ ސްވިޓްޒަލޭންޑަށެވެ. އެހެންކަމުން މިއީ މަހެއްހާ ދުވަހުގެ ތެރޭގައި ޔޫރަޕަށް ކުރައްވާ ދެ ވަނަ ދަތުރުފުޅެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ކޮންގްރެސް އޮންނާނީ މި ޑިސެންބަރު މަހު 24-26 އަށެވެ.

މި ކޮންގްރެސްއަށް ނައިބު ރައީސް ވަޑައިގަތީ ޑެޕިއުޓީ ޕްރައިމް މިނިސްޓަ ފޮ ސެކިއުރިޓީ، އިންޓަނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓެނީގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަ އަލެކްސާ ބެސިކްގެ ދައުވަތަކަށެވެ.

ދިވެހިރާއްޖެ އާއި މޮންޓެނީގްރޯ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 24 ނޮވެންބަރު 2009 ގަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް