ads
މޫސާ އަލީމަނިކު (މޫކޭ) ވާހަކަދައްވަނީ: ފޭސް ދޭކަށް ދިރުން ގެންނަން ހުޅުމާލެ އުތުރަށް މޫކޭ ވާދަކުރެއްވުމަށް ވަނީ ނިންމަވާފައި
"ފޭސް ދޭކަށް ދިރުން" ގެންނަން ހުޅުމާލެ އުތުރަށް މޫކޭ ވާދަކުރައްވަނީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާ (ދެވަނަ ފިޔަވަހި) އަށް ވާދަކުރުމަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީމަނިކު (މޫކޭ) ނިންމަވައިފި އެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެ ޕާޓީގެ ފަރާތުން ބާއްވާ ޕްރައިމަރީގައި ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާ މޫކޭ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ދާއިރާއަށް އޭނާ ކުރިމަތިލެއްވުމަށް ނިންމެވީ "ފޭސް ދޭކަށް ދިރުން" ގެނެސް އަސާސީ ހައްގުތައް ހޯދައިދިނުމަށް ބިރެއް، އިމެއްނެތި ވަކާލާތު ކުރުމަށް ކަމަށެވެ.

އަދި ކޮޅެއް މެދެއް ނުފެންނަ މާލޭ ދަފްތަރަކީ މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލައިގަތުމާ އެކު "ދަފްތަރަށް ގާނޫނީ ފަަރުވާ" އިން ދާއިމީ ހައްލެއް ގެނެސް ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މޫކޭ ވަނީ އެ ދާއިރާގެ ރައްޔިތުންގެ ތާއީދާއި މަދަދުގެ އިތުރުން ކެމްޕެއިންގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަން އަންގައި ދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް