ads
އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެމްޑީޕީން ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން މިމަހުގެ 25 އާއި ހަމައަށެވެ.

ނަމަވެސް އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ޓިކެޓު ހޯދުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު މިމަހުގެ 30 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ އަންނަމަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހުއެވެ. 

ނަމަވެސް، ޕްރައިމަރީ ބޭއްވުމަށް ސްކޫލްތަކުގެ ހޯލުތައް ބޭނުންވާތީ، ހޯލު ލިބޭ ގޮތަކުން، ޕްރައިމަރީ ބާއްވާ ދުވަހަށް ބަދަލު އަތުވެދާނެކަމަށް އެމްޑީޕީން މީގެ ކުރިން ބުނެފައިވެއެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް ހުޅުވާލި މުއްދަތު 30 ޑިސެމްބަރު 2023 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް އިތުރުކުރެވިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް