ads
އައިޝްވާރިއާއަށް ފަހަރީގެ ރުޅިގަނޑު ބާލައިފި
އައިޝްވާރިއާގެ ފިރިމީހާ އަބީޝޭކް ބަޗަން ގެ ދައްތަ ސުވިތާ ބަޗަންއަށް އޭނާގެ ކޮއްކޮގެ އަނބިމީހާ އައިޝްވާރިއާ ރާއީ ގައިގައި ހުރި ކަމުނުދާ ސިފަތައް ކިޔައިދީފިއެވެ. ކަމުނުދާ ސިފައެއް އައިޝްވާރިޔާގެ ގައިގާ ހުންނަ ކަމަށް ސުވިތާ ބުނެފިއެވެ.
Advertisement

ދާދިފަހުން  އައިޝްވާރިއާ އޭނާގެއިން ނުކުމެގްން ދިޔަފަހުން ދިން އިންޓަވިއުއެއްގައި ޝްވެތާ ބައްޗަން  ބުނެފައިވަނީ އަބީޝޭކްއަކީ މޮޅު އެކްޓަރެއް ނަމަވެސް އޭނާގެ ކޮށްކޮއަށް ހުރަސް އަޅަނީ އޭނަގެ އަނބިމީހާ އައިޝްވާރިއާ ރާއީކަމަށެވެ.
އަބީޝޭކްގެ އެކްޓިންއަށް އައިޝްވާރިއާ ފާޑުކިޔާތީ އަބީޝޭކް އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭކަމަށް ވެސް ޝްވެތާ ބުންޏެވެ.

"އެއީ އައިޝްވާރިއާ ކިބައިގައި ހުރިވަރަށް ކަމުނުދާ ސިފައެއް، ނަމަވެސް އައިޝްވާރިއާއަކީ ގޯސް މަންމައެއް ނޫން. އެއީ ކުޅަދާނަ މަންމައެއް" ޝްވެތާ ބުންޏެވެ. 

އައިސްވާރިއާއަށް ފާޑުކިޔަމުން އޭނާގެ ފަހަރި ބުނީ އައިޝްވާރިއާއަކީ ވަރަށް އަނގަގަދަ މީހެއް ކަމަށެވެ. 

"ރަހުމަތްތެރިއަކަަށް ފޯނެއް ކުރިއަސް، ދެތިން ގަޑީރުން ނޫނީ ނުބައްވާނެ. ވާހަކަ ހުހެއް ނުވޭ،" ޝްވެތާވެތާ ބުންޏެވެ. 

އައިޝްވާރިއާ އާއި އަބީޝޭކް އެންމެ ފަހުން ދުރުވެ އައިޝްވާރިއާ ގެއިން ނުކުތުމުގެ ކުރިން އޭނާ އެތައް އަހަރެއް ވަންދެން އަބީޝޭކްގެ ދައްތަ ޝްވެތާ އަދި އަބީޝޭކްގެ މަންމައާވެސް ވާހަކަ ނުދައްކައި ހުއްޓެވެ. 

އައިޝްވާރިއާ މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ މަންމައާއެކުއެވެ.

50%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް