ads
ކޮންމެ މަސްދޯންޏަކަށް ރެސްކިއުޑައިވަރެއް ތަމްރީނުކުރަން ރައީސް ނިންމަވައިފި
ކޮންމެ މަސްދޯންޏަކަށް ރެސްކިއުޑައިވަރެއް ތަމްރީނުކުރަން ރައީސް ނިންމަވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިގޮތުން މަސް ދޯނި ތަކުގައި ރެސްކިއު ޑައިވަރެއް ބެހެއްޓުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ފަސް އަހަރަށް ބަހާލައިގެންކަމަށެވެ. 

"ވައިފުޅި އަޅައިގެން ފީނާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގާކަން އެއީ ހާމަވާންއޮތް ކަމެއް، ދައުލަތުން މިއަށް ޚަރަދު ކުރެވި ސަރުކާރު ގަބޫލުކުރާ ޓްރެއިނިން ދޭ ސެންޓަރުތަކުން މިޕްރޮގްރާމް ކުރިއަށްގެންދިއުމަށް ކެބިނެޓުން ނިންމަވާފައި ވަނީ،" ނާޒިމް ވިދާޅުވިއެވެ.

ރައީސް މިގޮތަށް ނިންމަވާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށައެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހުށައަޅާފައިވަނީ ވައިފުޅިއަޅައިގެން ފީނައިގެން އެންދަމާ މަސް ދޯނިފަހަރުގައި ރެސްކިއު ޑައިވަރުން ފެންވަރަށް ތަމްރީން ލިބިފައިވާ މަދުވެގެން އެއް ފަޅުވެރިޔަކު ބެހެއްޓުމަށް މަސް ދޯނިފަހަރަށް އަމާޒުކޮށް ޑައިވިން ތަމްރީން ޕްރޮގްރާމެއް ހިންގުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް