ads
ނަދީމްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހަކު ބަންދުކޮށްފި
މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި މީހުންގެ ތެރެއިން މީހަކު ޝަރީއަތް ނިމެންދެން ހައިކޯޓުގެ އަމުރަކުން ބަންދުކޮށްފިއެވެ.

މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އެކަކު ޝަރީއަތް ނިމެންދެން މިއަދު ބަންދު ކުރިނަމަވެސް ދެން ތިބި ތިން މީހުން ބަންދު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ހަތަރު މީހެއްގެ މައްޗަށެވެ. އެއީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި ލ. ގަން ތުނޑީ ވިދާތަރި އަލީ ނިފާޒާއި ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްއެވެ.

މީގެ ތެރެއިން މިއަދު ހައިކޯޓުން ބަންދު ކުރަން އަމުރު ކުރީ، އަލީ ނިފާޒްއެވެ. މި މައްސަލައިގައި ހިމެނޭ މަފާޒް ހުރީ އެހެން މައްސަލައެއްގައި ބަންދުކޮށްފައެވެ. އެހެންކަމުން ހައިކޯޓުން އޭނާ ބަންދު ކުރާކަށް އަމުރެއް ނުކުރެއެވެ. އެކަމަކު، މިހާރު ބަންދުގައި ހުރި މައްސަލައިން ވީއްލިއްޖެނަމަ، އަލުން ބަންދު ކުރެވޭނެ ކަމަށް ހައިކޯޓުން މިއަދު ކަނޑައެޅިއެވެ.

އެ މައްސަލާގައި އެންމެ ފުރަތަމަ ހައި ކޯޓުން ނިންމީ އިސްތިއުނާފް މަރުހަލާގައި މީހުން ބަންދު ކުރެވޭނެ އިޖުރައާތެއް ގާނޫނުގައި ނެތުމުން އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އަމުރުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް