ads
ސިޓީގެ ބައެއް ކުޅުންތެރިން
އެސޯސިއޭޝަން ކަޕްގެ ފިރިހެން ބައި ސިޓީއަށް
ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން، މުބާރާތުގައި މުޅިން އަލަށް ވާދަކުރި ސިޓީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސިޓީ ސްޕޯޓްސް ކްލަބުން ހޯދީ، ކްލަބު ވެމްކޯއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ރޭ ކުޅުނު ފައިނަލު މެޗުގެ ސެޓުތައް ދިޔައީ، 28-26، 25-17 އަދި 25-22 އިންނެވެ.

ސިޓީން އެސޯސިއޭޝަން ކަޕް ތަށި އުފުލާލިއިރު، ސިޓީން ވަނީ ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިން ހިމެނޭ، ޕޮލިސް ކްލަބާއި އާބަންކޯ އަދި ވެމްކޯ އަތުން ވެސް މި މުބާރާތުގައި މޮޅުވެފަ އެވެ.

މި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ، ވެމްކޯގެ އަލީ ހުޒާމް (ހުޒަންޓެ)، ހުސެން ޔޫސުފް (ޓޯއީ) އަހްމަދު ނަބީލް (ނައްބަ) ސިޓީގެ، އަހުމަދު ފާޒިލް، އަލީ ނިމާލް، އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އަދި އާދަމް ފައިރޫޒް އެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗުކަށް ހޮވުނީ ސިޓީގެ ކޯޗު މުހައްމަދު ޝަރަފް ހޮވުނުއިރު، އެންމެ މޮޅު ކުޅުންތެރިއަކީ އެ ޓީމުގެ ފާޒިލް އެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ، ސިޓީގެ ބިދޭސީ ކުޅުންތެރިޔާ ނޫރްމުހައްމަދު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް