ads
ހިތާނީ މޫސުމަށް ޓްރީޓޮޕްއިން ހިތާނީ ޕެކޭޖެއް ތައާރަފްކޮށްފި
ހިތާނީ މޫސުމާއި ގުުޅުވައިގެން ޓްރީޓޮޕްއިން ހިތާނީ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

މިކަން އިއުލާނުކޮށް އެ ހޮސްޕިޓަލުން ނެރުން ނޫސް ބަޔާނުގައި ބުނެފައިވަނީ ހިތާނުކުރާ ދުވަހަކީ ކުދިންގެ ދިރިއުޅުމުގައި މުހިންމު ދުވަހެއެއްކަމަށާއި ދީނީ ގޮތުންވެސް މުހިންމު ކަމަކަށް ވާއިރު އަމިއްލަ ސިއްހީ ދުށަހެޔޮކަމަށް އިސްކަންދިނުމަކީ އެމީހެއްގެ އަމިއްލަ ހަށިގަނޑަށް އަދާކުރަންޖެހޭ ހައްގެއްކަމަށެވެ. 

އެ ހޮސްޕިޓަލުން އިތުރަށް ބުނީ މިފަދަ މުހިންމު ވަގުތުކޮޅެއްގައި އެންމެ ބޭނުންވާނީ ހިތްހަމަޖެހޭނެފަދަ ސިއްހީ މާހިރުންގެ އެހީތެރިކަމަށާއި ކުދިންގެ ހަޔާތުގައި މި މުހިންމު އަދި ނާޒުކު ވަގުތުގައި ފެންވަރު ރަނގަޅު ކޮލިޓީ ސިއްހީ ހިދުމަތް ޓްރީ ޓޮޕް ހޮސްޕިޓަލު އަންނަނީ ފޯރުކޮށްދެމުންކަމަށެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ހިތާނީ ކޭމްޕްގައި 6 ޑޮކްޓަރުން ހަރަކާތްތެރިވާނެކަން ފާހަގަ ކުރަމުން މި ހޮސްޕިޓަލްއިން ބުނީ  މި ކޭންޕުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ހުސެއިން ހަދިޔެވް، ޑރ. އުކަތަމް އަބްދުއްލާޔެވް، ޑރ. މައުމޫން އާސިމް، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދު އިތުރުން، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރ، ޑރ. މެހްމެތު އޮޑަރ ހިމެނިވަޑާއިގަންނަވާކަމަށެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލުން އިތުރަށް ބުނި ގޮތުގައި މި ކޭންޕުގެ މައިގަނޑު މަގްސަދަކީ މެހެމާނުންނަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕް އާއި ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާއިއެކު ހިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 2023 ގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ އެންމެ ފަހު ދުވަހަކީ 10 ޖަނަވަރީ 2024 ކަމަށާއި ހިތާނީ ޕެކޭޖްގެ ޚިދުމަތް ހޯއްދަވަން ދައްކަވަން ޖެހެނީ 5000ރކަމަށް އެ ހޮސްޕިޓަލް އިން ބުނެއެވެ.  އަދި ކޮޓަރި އަޕްގްރޭޑް ކުރުމަށް ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހަމަޖެހިފައިވާކަން އެ ހޮސްޕިޓަލްއިން ފާހަގަ ކުރެއެވެ. ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް 3351610 އަށް ގުޅުއްވާލަދެއްވުން އެދޭކަމަށް އެ ހޮސްޕިޓަލް އިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް