ads
"ހަނިމާދޫ އެއާޕޯޓް ރަންވޭގެ 1200 މީޓަރުގެ މަސައްކަތް އަންނަ މަހު ނިމޭނެ: ރީޖަނަލް އެއާޕޯޓް
ހަނިމާދޫގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ ފުރަތަމަ ފޭހުގައި ހިމެނޭ 1.200 މީޓަރުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރް.އޭ.ސީ.އެލް)އިން ބުނެފި އެވެ.

އާރް.އޭ.ސީ.އެލުން ބުނި ގޮތުގައި، އެއާޕޯޓުގެ ރަންވޭގެ 1،200 މީޓަރުގެ މަސައްކަތް ކުރިއަށް އޮތް މަސްދުވަހެއްހާ ތެރޭގައި ނިމޭނެކަމކަށާއި މަސައްކަތް ނިމުމާއެކު، ނަގަން ޖެހޭ ހުއްދަތައް ނެގުމަށް ފަހު، ރަންވޭ ބޭނުން ކުރަން ހުޅުވާލާނެ އެވެ.

އެ ކޮމްޕެނީ އިން އިތުރަށް ބުނީ 1،200 މީޓަރުގެ ރަންވޭ ހުޅުވިގެންދާއިރު، ނައިޓް ލޭންޑިން ފެސިލިޓީސް ވެސް ގާއިމް ކުރާނެ ކަމަށާއި އަދި މީގެ ސަބަބުން، ރޭގަނޑުގެ ދަތުރުތަކަށް ފަސޭހަވެގެންދާނެ ކަމަށެވެ.

އާރް.އޭ.ސީ.އެލުން ބުނީ، މުޅި 2،460 މީޓަރުގެ ރަންވޭގެ މަސައްކަތް 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ނިމި 24 ގަޑިއިރު ބޭނުން ކުރުމަށް ހުޅުވާލެވޭނެކަމަށާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގެ ބިޔަ މަސްރޫއު ކުރިއަށްދާނީ ވަރަށް ރޭވުންތެރި ކަމާއެކު، އެއާޕޯޓް ބަންދުނުކޮށްކަމަށެވެ. 

"ރަންވޭގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ތިން ސެގްމަންޓަކަށް ބަހާލެވެގިން. ރަންވޭއެއްކޮށް ބަންދުނުކޮށްވާނެ ގޮތެއްގެ މަތިން މަސައްކަތް ގެންދަނީ. މިކަން ކުރަމުން މިދަނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކަށް،" އާރްއޭސީލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފަށާފައިވާ އެއާޕޯޓް މަސްރޫއުއަކީ، އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދެވޭ  މަސައްކަތަކެވެ. މިމަޝްރޫއުގެ ދަށުން 2،460 މީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް ގާއިމްކުރެވިގެން ދާނެކަމަށާއި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް މިމަސްރޫއުގެ ތެރެއިން ގާއިމުކުރެވިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުން ހިދުމަތް ދެވޭނެކަމަށާއި ހަނިމާދޫ އެއާޕޯޓް މަޝްރޫއުއަކީ އުތުރުގެ ރަށްތަކުގައި ފަތުރުވެރިކަން މިހާރަށްވުރެ ބޮޑަށް ފުޅާވެގެންދާނެ އެވެ. އަދި އެއާޕޯޓު ނިމުމާއެކު ސީދާގޮތުންނާއި ނުސީދާގޮތުން، ބޮޑުތިލަދުންމަތީގެ އިގްތިސާދަށް އިތުރު ދިރުން ލިބިގެންދާނެކަމަށާއި އެތައްހާސް ވަޒީފާގެ ފުރުސަތުތައް އުފެދި، ގެސްޓް ހައުސްތަކާއި، ސިޓީ ހޮޓާތަކާއި، ރިސޯޓުތަކުގެ އެނދުތައް، އެތައް ގުނައެއް އިތުރުވެގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް