ads
ގޮނޑި ގެއްލޭ ގާނޫނެއް އަލުން ގެންނަށް އެމްޑީޕީން ވިސްނަނީ
މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭނެ އުސޫލު ބަޔާން ކުރާ (އެންޓި ޑިފެކްޝަން ގާނޫނު) ގާނޫނެއް ގެނައުމުގެ މަޝްވަރާ ކުރާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ ގާނޫނު ގެނައުމާ މެދު ވިސްނާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބުނެފި އެވެ،
Advertisement

އެމްޑީޕީގެ 12 މެމްމަބަރަކު ޕީއެންސީއަށް ސޮއިކޮށްފައިވަނިކޮށް، މިއަދު އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ މަޖިލިސް އިސްލާހު ކުރުމަށް ކުރާ  މަސައްކަތެއްގެގޮތުގައި އެހެން ޕާޓީތަކާއެކި މަޝްވަރާކޮށްގެން އެ ގާނޫނު ގެނައުމުގެ ވިސްނުން ޕާޓީން ގެންގުޅޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި ނެތް ކަމެއް ނޫން މުސްތަގުބަލުގައި މަޖިލިސް އިސްލާހު ކުރުމަށް ކުރާ މަސައްކަތެއް ގޮތުގައި އެހެން ޕާޓިތަކާ އެކީ އެ މަޝްވަރާތައް ކުރެވެމުން ދަނީ" ނިޔާޒް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އަދި މި ބިލް ގެންނަން ލަސްވެފައި ނުވާކަމަށާއި މި ދައުރު ނިމުމަށް އަދި ވަރަށް ދުވަސް އެބައޮތްކަމަށާއި މި ދައުރު ނިމުމުގެ ކުރިން މި ބިލް މަޖްލީހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އަދި ވެސް މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައިކަމަށާއި މިހާރު ތިބި މެމްބަރުންނަކީ ހަމަ ގައިމުވެސް އެމްޑީޕީ ދޫކޮށްލާނެ މެމްބަރުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެންޓި ޑިފެކްޝަން ގާނޫނެއް ފުރަތަމަ ފަހަރަށް ގެންނަން ހުށަހެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގަ އެވެ. ނަމަވެސް އެ ގާނޫނު ފާސް ކުރަން ހުށަހެޅުމުން އެމްޑީޕީގެ މެންބަރުން ވޯޓެއް ނުދެ އެވެ. އެމްޑީޕީން އޭރު ބުނަމުން ދިޔައީ އެންޓި ޑިފެކްޝަންގެ ގާނޫނު ގާނޫނުއަސާސީއާ ހިލާފުކަމުގައެވެ. އަދި ފަހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އެ ގާނޫނު ސައްހަ ކަމަށެވެ.

މީގެ ފަސް އަހަރު ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރުމުން މަޖިލީހުން ވަނީ އެ ގާނޫނު އުވާލަން ހުށަހަޅާފަ އެވެ. އަދި އެ ގާނޫނު ވަނީ މަޖިލީހުން އުވާލާފަ އެވެ. 

އޭގެ ފަހުން ވެރިކަމަށް ވަޑައިގެން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް ކެމްޕޭން ކުރައްވަމުން ރައީސް ސޯލިހު ވަނީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ޓިކެޓް ލިބުން ޕާޓީ ނޫން އެހެން ޕާޓީ އަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލެން ޖެހޭކަމަށް ފާހަގަ ކުރައްވަފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް