ads
ކަނޑުގަދަވެ ވައިވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރޭ(ފޮޓޯ އެޑިޝަން)
ރާޅުގެ އުސްމިން 7 ފޫޓުގައި، ކަނޑުތައް ގަދަވެ، ވައިވެސް ގަދަ، ސަމާލުވޭ!
ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވުމާއެކު ރާޅުގެ އުސްމިން ހަތް ފޫޓަށް އުފުލި، ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެތީ، ހުރިހާ ފަރާތަތަކުން މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ

މެޓް އިން މާދަމާގެ 6 ޖެހުމާ ހަމަޔަށް ލަފާކޮށްފައިވާ މޫސުމަށް ބަލާއިރު، އުތުރާއި، މެދުރާއްޖެތެރޭގެ ރާޅުގެ އުސްމިން ތިން ފޫޓާއި ހަތް ފޫޓުގައި އުޅޭއިރު، ދެކުނު އަތޮޅުތަކަށް ރާޅުގެ އުސްމިން އުޅެނީ ދެ ފޫޓާއި ފަސް ފޫޓުގައެވެ.

ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ގާތްގަނޑަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި މެދުރާއްޖެ ތެރެއަށް 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ.

މެޓުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށެވެ.

ބޯކޮށް ވާރެވެހުމާއިއެކު ގުގުރުން އަދި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މިއަދު ވަނީ ވައިޓު އެލާޓު ވެސް ނެރެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް