ads
މޫސުން ގޯސްވުމުން ކުޑަކުދިންގެ ހަވީރު ފަސްކޮށްފި
މޫސުން ގޯސް ވުމުން ޔޫތް މިނިސްޓުރީން މިއަދު ބާއްވަން ރޭވި ކުޑަކުދިންގެ ހަވީރު ފަސްކޮށްފިއެެވެ.

މިއަދު ޔޫތް މިނިސްޓުރީން ޓްވީޓާ ކުރި ޕޯސްޓުގައި ވާ ގޮތުން ޔޫތް މިނިސްޓުރީން މިއަދު ހަވީރު  ހުޅުމާލެ ސެންޓްރަލް ޕާރކުގައި ބޭއްވުމަށް ކުރިން ނިންމާފައިވާ ”ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024“ ކުޑަކުދިންގެ ހަވީރު މިއަދު ނޯންނާނެއެވެ. އަދި ދެން މި ކުޑަކުދިންގެ ހަވީރު އޮންނާނެ ދުވަހެއް ފަހުން އިއުލާނުކުރެވޭނެކަމަށެވެ. 

 ޔޫތް މިނިސްޓުރީން ވަނީ މިރޭ ބާއްވަން ނިންމާފައިވާ މިއުޒިކް ޝޯ ވެސް ފަސް ކުރެވިފައިވާ ވާހަކަ މިދިޔަ ހުކުރު ދުވަހު އިއުލާނުކޮށްފައިއެވެ. 

ޔޫތް މިނިސްޓްރީން ހުކުރު ދުވަހު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ފެސްޓިވަލްގެ ރޭގަނޑުގެ ހަރަކާތްތައް ފަސްކޮށްފައިވަނީ މޫސުމާބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެ ހިމެނޭހެން ރީނދޫ އެލާޓް ނެރެފައިވާތީ ދަތުރުފަތުރު ކުރުމުގައި ދިވާނެ ދަތިތަކާއި ގުޅިގެން ކަމަށާއި އަދި ހަމަ އެހެންމެ މޫސުން ރަނގަޅުވުމުން މި ފެސްޓިވަލް ބާއްވާނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށެވެ.

ޔޫތް މިނިސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތް މިނިސްޓަރު އަސްވާޑް ވިދާޅުވީ "ދިވެހިންގެ ރާއްޖެ" ނަމުގައި އާ އަހަރު ފާހަގަ ކުރަން ބާއްވާ ފެސްޓިވަލުގައި އެންމެ އިސްކަން ދޭނީ ދިވެހި ފަންނާނުންނަށް ކަމަށެވެ.

ފެސްޓިވަލުތެރެއިން ދިވެހި ފަންނާނުން ބައިވެރިގެން ލޭޒާ ޝޯއެއް ވެސް ބާއްވާނެ ކަމަށާއި ކުޑަކުދިންގެ ހަވީރެއް އަންނަ އާދިއްތަ ދުވަހު އޮންނާނެ ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް