ads
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާންޚާން.
ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާންގެ ކެނޑިޑެސީ ބާތިލުކޮށްފި
އަންނަ އަހަރުގެ ޕާކިސްތާނުގައި ބާއްވާ އާންމު އިންތިހާބުގައި ވާދަކުރައްވަން ނަން ހުށަހަޅުއްވާފައިވާ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ކެނޑިޑެސީ ބަލައިނުގަތުމަށް އިންތިހާބާ ބެހޭ ކޮމިޝަނުން (އީސީޕީ) ނިންމައިފި އެވެ.

ދެހާސް އަށާރައިން 2022 ވަނަ އަހަރާ ދެމެދު ވެރިކަމުގައި ހުންނެވި އިރު ލިބިވަޑައިގަތް ހަދިޔާތަކަކުން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރެއްވުމުގެ ކުށް ސާބިތުވެ، މިދިޔަ އޮގަސްޓު މަހު އިމްރާން ހާނަށް ވަނީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ޕާކިސްތާނުގެ އިންތިހާބާ ބެހޭ ކޮމިޝަނުން ބުނީ ޚާންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައި ވަނީ، އޭނާ ކުރިމަތިލައްވާފައިވާ އެއް ދާއިރާގައި ވޯޓުލުމަށް އޭނާ ރަޖިސްޓަރީ ކޮށްފައި ނެތުމުން ކަމުގައެވެ. ނަމަވެސް، އޭނާގެ އުފަން ދާއިރާ ކަމުގައިވާ މިއާންވާލީގެ ގޮނޑިއަށް ކުރިމަތިލެއްވުމަށް ވެސް ޝަރުތު ހަމަނުވާ ކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.

އިމްރާންގެ އިތުރުން އޭނާގެ ކެބިނެޓުގައި ހިމެނުނު އެއްވެސް ބޭފުޅެއްގެ ކެންޑިޑެސީ ވެސް ބަލައެއް ނުގަނެ އެވެ. 

އިމްރާންގެ ވަކީލުން ވަނީ މި ނިންމުން އިސްތިއުނާފްކުރާނެ ކަމަށް ބުނެފަ އެވެ. އިމްރާންގެ ވަކީލް އަޒްހަރު ސިއްދީގީ ވިދާޅުވީ މިއީ ވަކި ފަރާތަކަށް ޖެހިފައިވާ ނިންމުމެއް ކަމަށާއި މިކަމުގެ ފަހަތުގައި ތިބީ އިމްރާން ވެރިކަމުން ދުރުކުމުގައި ވެސް އުޅުނު މީހުން ކަމަށެވެ.

އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނުގައި ބާއްވާ އާންމު އިންތިހާބުގައި ވާދަކުރައްވަން އިމްރާންގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައިވާއިރު، ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ކެންޑިޑެސީ ބަލައިގަތުމަށް އީސީޕީން ވަނީ ނިންމާފަ އެވެ.

އޭނާގެ ކެނޑިޑެސީ ބަލައިގަތުމަށް ނިންމާފައި ވަނީ، އޭނާގެ މައްޗަށް ޕާކިސްތާނުގެ ކޯޓުން ކުރިން ކޮށްފައިވާ ކޮރަޕްޝަންގެ ހުކުމްތަކެއް ކޯޓުން ބާތިލު ކުރުމުންނެވެ.  

އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީއަށް ގާނޫނީ ގޮތުން އެކި ދަތިތައް ކުރިމަކޮށްފައި ވާއިރު އިމްރާންގެ ކެންޑިޑެސީ ބަލައިނުގަތުން ވެފައި ވަނީ ލިބުނު އިތުރު ގެއްލުމަކަށެވެ. އުމުރުން 71 އަހަރުގެ އިމްރާންގެ ކެންޑިޑެސީ ބަލައިނުގަތުމުގެ އިތުރުން، ޕާޓީ ލޯގޯ ކަމަށްވާ ކްރިކެޓް ބެޓްގެ ނިޝާން ބޭނުންކުރުން ވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މަނާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް