އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ށ. ފޯކައިދޫއާއި ށ. މަޑިދޫއާ ދޭތެރެއިން ހުޅަނގު އުތުރަށް ށ. ފޭދޫއާ ދިމާލަށް ވާގޮތަށް އޮނުތަކެއް ދެފެންދޭތެރޭ އޮޔާދާކަމަށެވެ.
އެހެންކަމުން އެ ސަރަހައްދުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. އެގޮތުން ވަކިން ހާއްސަކޮށް ރޭނގަޑު ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.
އޮނުތަކެއް އޮޔާދާތީ ސަމާލުވުމަށް އަންގާފައި މިވަނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ކަނޑުތައް ގަދަ ވާނެކަމަށް ލަފާކޮށް، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުންވެސް އިލްތިމާސް ކޮށްފައި ވަނިކޮށެވެ.