ފެން ވަދެގެން 40 މީހަކު އެމްޑީއެންއޭގެ އެހީތެރިކަމާއެކު ވަނީ ގެސްޓުހައުސްތަކަށް ބަދައުކޮށްފައެވެ.
”ގޭގެ މަތިންނާ އަޑިން ވެސް ފެން އަރާތީ މީހުން ރިޕޯޓުކުރި،“ އެމްޑީއެންއޭއިން ބުންޏެވެ.
ގެސްޓުހައުސްތަކަށް ބަދަލުކުރި މީހުންނަށް ތިން ދުވަހަށް ހުރުން، އަދި ކެއުން ވަނީ ހަމަޖައްސައިދީފައެވެ.
އިިއްޔެ ކުރި ވިއްސާރައިގައި މުޅި މާލޭޭގައި ވަނީ ފެންބޮޑުވެފައެވެ. އަދި ގިނައަދަދެއްގެ ވެހިކަލުވެސް ވަނީ ފެންއެޅި ހަލާކުވެފައެވެ.
މާލެއަށް ފާއިތުވީ 24 ގަޑިއިރު 118.2 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި 12 ސަރަހައްދަކުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވެއެވެ.