މެޓުން މިއަދު ބުނީ މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ގިނަ އަދަަދަކަށް ހުޅުލެއަށް ވަރޭ ވެހުނީ އިއްޔެކަމަށެވެ. މިގޮތުން އެ ރަށަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ފްލައިޓުތައް ވަނީ ކެންސަލްކޮށް އަދި ފަސްކޮށް ހަދާފައެެވެ.
އިއްޔެ ކުރި ވިއްސާރައިގައި މާލޭގެ 140 ގެއަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވެއެވެ. އަދި 40 މީހަކު ހާލުގައިޖެހިގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ފެންވަދެގެން ހާލުގައިޖެހުނު މީހުން ވަނީ ގެސްޓުހައުސްތަކަށް ބަދަލުކޮށްފައެވެ. އެމީހުން ގެސްޓުހައުސްތަކަށް ބަދަލުކޮށް ހުރުމާއި ކެއުން ހަމަޖައްސައިދީފައިވަނީ ތިން ދުވަހަށެވެ.