އުރީދޫއިން ބޮޑެތި ޑޭޓާ ޕެކުތަކެއް ހެޔޮ އަގުތަކެއްގައި ލިބޭ އެކި އޮފާތަކެއް އުރީދޫން އިން ތައާރަފުކޮށްފައިވަނީ އާ އަހަރުގެ މުނާސަބަތުގައެވެ. އޮފާތަކުގެ ތެރޭގައި 25ރ. އަށް 24 ގަޑިއިރަށް 24 ޖީބީ ލިބޭ ޕްލޭނަކާއި 600ރ. އަށް 30 ދުވަހަށް 54 ޖީބީ ލިބޭ އޮފާއަކާއި 750ރ. އަށް 30 ދުވަހަށް 120ޖީބީ ލިބޭ އޮފާއަކާއި 1100ރ. އަށް 30 ދުވަހަށް 160 ޖީބީ ޑޭޓާ ލިބޭ އޮފާއެއް ހިމެނެ އެވެ.
އެންމެ 25ރ. 24 ގަޑިއިރަށް 24 ޖީބީ ލިބޭ ޕްލޭނުން އުރީދޫގެ ހުރިހާ ނަމްބަރުތަކަށް 24 ގަޑިއިރު ވަންދެން ހިލޭ ގުޅޭނެ އެވެ. އަދި އަންލިމިޓަޑް ސޯސަލް މީޑިއާ ބޭނުންކުރެވޭނެ އެވެ.
އުރީދޫގެ ސުޕާނެޓް ކަސްޓަމަރުންނައް އެ ކުންފުނިން ވަނީ އާ އޮފާއެއް ތައާރަފުކޮށްފައިއެވެ. އެ އޮފާގައި ވާ ގޮތުން 400 ރ އިން މަތިން ޕެކޭޖްތައް ނަގާ ކަސްޓަރުންނައް 100 ޖީބީ ބޯނަސް ޑޭޓާ ތިން މަސް ވަންދެން ބޭނުން ކުރެވޭނެއެވެ. އަދި އެއާފައިބާ ނަގާ ކަސްޓަމަރުންނަށް އެއާފައިބާ ޑިވައިސް ހިލޭ ލިބުމުގެ އޮފާއެއް ވެސް ވަނީ އުރީދޫން ތައާރަފްކޮށްފަ އެވެ.
މި އޮފާތައް މިރޭ 12 ޖަހަންދެން އެކްޓިވޭޓް ކުރެވޭނަކަމަށް އުރީދޫއިން ބުނެއެވެ.